ކ. މާލެ
|
8 ޖުލައި 2018 | އާދީއްތަ 17:46
ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް
ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް
ޓްވިޓަރ
ރިޔާސީ ރޭސް 2018
ރައީސް ޔާމިން ހުރިހާ ރަށަކަށް ވަޑައިނުގެންނެވިއަސް މައުނަވީ ގޮތުން ވަޑައިގެންފި: އަބްދުއްރަހީމް
ރައީސް އިސްކަން ދެއްވަނީ އޮފީހުގައި އިންނަވައިގެން މަސައްކަތް ކުރައްވަން
ރައީސް ހުރިހާ ރަށަކަށް ވަޑައިނުގަނެގެން މީހަކު ޝަކުވާއެއް ނުކުރޭ

ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް އަބްދުﷲ ޔާމިން ވަޑައިނުގެންނެވި ނަމަވެސް ހުރިހާ ރަށަކަށް މައުނަވީ ގޮތުން އެމަނިކުފާނު ވަޑައިގެންފި ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.  

ހޮނިހިރު ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ރާއްޖޭގެ ގިނަ ރަށްތަކަށް އަދިވެސް ވަޑައިގެންފައިނުވަނީ ކީއްވެތޯ ރާއްޖެއެމްވީއިން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ހުރިހާ ރަށަކަށް ވެސް މައުނަވީ ގޮތުން ރައީސް ވަޑައިގެންފައިވާ ކަމަށެވެ.

މިއަހަރު ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ރައީސް ޔާމިން ހުރިހާ ރަށަކަށް ވަޑައިގެންނެވުމުގެ ވިސްނުންފުޅު އެބަހުރިތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ރައީސް ޔާމިން އިސްކަން ދެއްވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. އަދި މުހިންމީ ހުރިހާ ރަށަކަށް ވަޑައިގަތުން ނޫން ކަމަށާއި އެގޮތަށް ވަޑައިގެންނެވި ރައީސުންނަށް ކޮށްދެވުނު ހިދުމަތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.  

"މީގައި މުހިންމީ ރާއްޖޭގެ ހުރިހާ ރަށަކަށް ހަތަރު ފަހަރު ވަޑައިގަތުމެއް ނޫން. އެގޮތަށް ވަޑައިގެންނެވި ރައީސުންނަށް ނެތް ކޮށްދެވުނު ހިދުމަތެއް ދެއްތޯ. ރައީސް ޔާމިނަށް މި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހުރިހާ ރަކަށް ވަޑައިނުގެންވުނު ކަމަށްވިސް ހުރިހާ ރަށަކަށް އެމަނިކުފާނުގެ ހިދުމަތް ލިބިއްޖެ. މައުނަވީ ގޮތެއްގައި ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމަނިކުފާން ވަޑައިގެންފި،" އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމިން މަސައްކަތް ކުރައްވަނީ "އޮފީހުގައި އިންނަވައިގެން" ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހޯއްދަވައިދެއްވަން ކަމަށެވެ. އަދި ވިދާޅުވީ ރެއާދުވާލު ކުރައްވާ މަސައްކަތްޕުޅަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ހޯއްދަވައިދެއްވުން ކަމަށެވެ.

"އެމަނިކުފާނު އިސްކަން ދެއްވަނީ އެމަނިކުފާނު އޮފީހުގައި އިންވައިގެން މި ގައުމަށް ބޭނުންވާ ކުރިއެރުމާ ތަރައްގީ އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދެއްވުމަށް. އެހެންވީމަ ރައީސް ޔާމިން ރަށްރަށަށް ވަޑައިގެނުގަނެގެން އަޅުގަނޑުމެންގާތު ޝަކުވާއެއް ނުކުރޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
12 ޖުލައި 2018 | ބުރާސްފަތި 09:57
ކާފަ
ކަރުދާހުގައި ޔާމީނުގެ ގޮޅީގައި ފާހަގަ ނުލިޔަސް މަޢުނަވީ ގޮތުން ވޯޓް ލެވޭތަ