ކ. މާލެ
|
8 ޖުލައި 2018 | އާދީއްތަ 13:20
މާލޭގައި ދިރިއުޅޭ ޅ. އަތޮޅު ރައްޔިތުންނާއި އިބޫ ބައްދަލުކުރައްވަނީ
މާލޭގައި ދިރިއުޅޭ ޅ. އަތޮޅު ރައްޔިތުންނާއި އިބޫ ބައްދަލުކުރައްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ ކެނޑިޑޭޓް އިބޫ
އިބޫ ނިސްބަތްވާ އަތޮޅުން ރިޔާސީ އިންތިޚާބުގައި ތާއީދު އޮތްވަރު ދައްކާލާނެ!
ޅ. އަތޮޅަކީ އިބޫ ނިސްބަތްވެވަޑައިގަންނަވާ އަތޮޅު
އެ އަތޮޅުން އިބޫއަށް ބޮޑު ތާއީދެއް ހޯދައިދޭނެ ކަމަށް ބަައްދަލުވުމުގެ ބައިވެރިން ޔަގީންކަަން ދިން

މާލޭގައި ދިރިއުޅޭ ޅ. އަތޮޅުގެ ރައްޔިތުންނާ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު )އިބޫ( އާދިއްތަ ދުވަހު ބައްދަލު ކުރައްވައިފިއެވެ.

އުނިމާ ގްރޭންޑްގައި ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި ޅ. އަތޮޅުގެ އެކިއެކި ރަށްތަކުގެ ގިނަ އަދަދެއްގެ އާއްމު ރައްޔިތުންނާއި އެ ދާއިރާތަކަށް ނިސްބަތްވާ ގުޅިފައިވާ އެހެނިހެން ޕާޓީތަކުގެ އާއްމު މެންބަރުން ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި އެބަޔަކު ނިސްބަތްވާ ދާއިރާ ތަކުގައި ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ކުރެވިދާނެ ކަންކަމާއި ހަރަކާތްތައް ރާވައި ހިންގާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. އެމްޑީޕީގެ މެނިފެސްޓޯގައި އިތުރަށް ހިމެނުމަށް ބޭނުންވާ ކަންކަން ހުރިތޯ ބަލައި އެކަންކަންވެސް ވަނީ މި ބައްދަލުވުމުގައި އޮޅުން ފިލުވިއެވެ. ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހަތަރު ރަށް އޮންނައިރު، މިއަދުގެ ބައްދަލުވުމުގެ ބައިވެރިން ވަނީ އެ ރަށްތަކުން ހައިރާންވާވަރުގެ މޮޅު ނަތީޖާއެއް ދައްކާނެ ކަމުގެ ޔަގީންކަން އިބޫ އަށް ދީފައެވެ. އެ އަތޮޅުގައި އިބޫއަށް އޮތް ތާއީދު މިފަހަރު ދައްކާލާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ވަރުގަދަ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ރޭވިފައި ހުރި ކަމަށް ކޯލިޝަނުން ބުނެއެެވެ.  

ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑާއިގަންނަވަނީ ޅ. އަތޮޅު ހިންނަވަރަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ 24 އަހަރު ވެއްޖެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް