ކ. މާލެ
|
8 ޖުލައި 2018 | އާދީއްތަ 11:21
މާލޭގައި ދިރިއުޅޭ ޅ. އަތޮޅުގެ މީހުންނާއި އިބޫ ބައްދަލުކުރައްވަނީ
މާލޭގައި ދިރިއުޅޭ ޅ. އަތޮޅުގެ މީހުންނާއި އިބޫ ބައްދަލުކުރައްވަނީ
މުހައްމަދު ޝަރުހާން
ކޯލިޝަންގެ ރަނިންގމޭޓް
ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓު މިއަދު ކަނޑައަޅަނީ
ރަނިންމޭޓު ރަސްމީކޮށް އިއުލާން ކުރަނީ ބުރާސްފަތި ދުވަހު
ރަނިންމޭޓަކު ކަނޑައަޅަނީ އިސް ބޭފުޅުންގެ މަޝްވަރާއަށްފަހު
ރަނިންމޭޓަކީ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓެއް

ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓު މިއަދު ކަނޑައަޅާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މާލޭގައި ދިރިއުޅޭ ޅ. އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އުނިމަ ގްރޭންޑްގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ، މިއަދު މެންދުރުކުރިން ކޯލިޝަންގެ އިސްވެރިން ބައްދަލު ކުރެއްވުމަށް ނިންމާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ކޯލިޝަންގެ ރަނިންމޭޓަކު ފައިނަލް ވެގެން ދާނެކަމަށެވެ. އަދި އެބޭފުޅަކު ވެގެން ދާނީ ކޯލިޝަންގެ ހުރިހާ ޕާޓީތަކަށް ވެސް އެއްބަސްވެވޭ ބޭފުޅަކަށް ކަމަށް އިބޫ ވިދާޅުވިއެވެ.

ރަނިންގމޭޓަކަށް އަންނާނީ އަންހެން ބޭފުޅެއްތޯ ނޫނީ ފިރިހެން ބޭފުޅެއްތޯ ބައިވެރި އަކު ސުވާލުކުރުމުން އިބޫ ވިދާޅުވީ، ޖިންސްގެ ތަފާތަށް ބެލުމަކީ އެބޭފުޅުން ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އެކަމަކު އެ މަގާމަށް އަންނަ ބޭފުޅަކު ވެގެން ދާނީ ގައިމު ވެސް ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކޮށްދެވޭނެ ގާބިލު ބޭފުޅަކަށް ވެގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ރަނިންގމޭޓް މިއަދު ކަނޑައެޅި ނަމަވެސް އެއީ ކޮން ބޭފުޅެއްކަން ރަސްމީކޮށް އިއުލާނު ކުރުމަށް ހަމަޖެހިފައި އޮތީ ޖުލައި މަހުގެ 12 ވަނަ ދުވަހުގައި ކަމަށް އިބޫ ވިދާޅުވިއެވެ.

ކޯލިޝަންގެ ރަނިންގެ މޭޓަކު ނެގުމަށް ކަނޑައަޅާފައިވާ ސްލޮޓް އޮތީ ޖޭޕީއަށް ދީފައި ނަމަވެސް އެ ކެނޑިޑޭޓަކީ ރައްޔިތުން ބަަލައިގަންނަ ސިޔާސީ ތަޖުރިބާ އާއި ގާބިލުކަން ހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށް ކޯލިޝަނަށް ތާއީދު ކުރާ ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.

ގުޅިފައިވާ ކޯލިޝަނުގެ ކެނޑިޑޭޓްގެ ކެމްޕެއިންގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައި ވާއިރު، ހޮނިހިރު ދުވަހު ވަނީ ކޯލިޝަން ކެނޑިޑޭޓް އިބޫ މާލޭގައި ދޮރުން ދޮރަށް ކެމްޕެއިން ފައްޓަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް