ކ. މާލެ
|
8 ޖުލައި 2018 | އާދީއްތަ 11:06
ޑރ. މުހައްމަދު އިޔާޒު
ޑރ. މުހައްމަދު އިޔާޒު
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ޝެއިޚް އިލްޔާސް އާއި ޑރ. އިޔާޒުގެ ބަހުގެ ހަމަލާތަކެއް ޑރ. ޝަހީމަށް!
ޑރ. އިޔާޒު ވިދާޅުވީ އަބަދުވެސް އަމިއްލަ މަންފާއަށްވުރެ އިސްކުރަން ވާނީ ޖަމާއަތުގެ މަންފާކަމަށް
ޝަހީމް ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ ރޭ

އަނިޔާވެރިއަކަށް އެހީތެރިވެގެން ލިބޭނެ މަންފާއެއް ނޯންނާނެ ކަމަށް ކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ އިލުމްވެރިންކަމުގައި ޝެއިޚް އިލްޔާސް ހުސައިން އާއި ޑރ.މުހައްމަދު އިޔާޒު އަބްދުﷲ ލަތީފްގެ ބަހުގެ ހަމަލާތަކެއް ރައީސް ޔާމީންގެ ރަނިން މޭޓް ކަމަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އަމާޒުވެއްޖެ އެވެ. 

ހިޔާނާތާއި ފަސާދައިގެ ތުހްމަތުތައް ކުރެވިފައިވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ހަމަޖެއްސެވިތާ މާގިނަ އިރުތަކެއް ނުވަނީސް މަޝްހޫރު އިލްމުވެރިޔާ ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދީނީ އިލްމުވެރިންނާއި ދީން ދެކެ ލޯބިކުރާ މީހުން އަބަދުވެސް "ޒާތީ މަންފާ" އަށް ވުރެ ބޮޑަށް ދީނާއި ޚިލާފަށް ކުރެވޭ ކަންކަމާއި އަނިޔާވެރިކަމާއި ނާއިންސާފާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅުވެރި ވާނެކަމީ ޝައްކެއް ހުރި ކަމެއް ނޫން ކަމަށެވެ. 

މި ޓްވީޓަށް ތާއިދު ކުރެއްވުމުގެ ގޮތުން ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަބަދުވެސް އަމިއްލަ މަންފާއަށްވުރެ އިސްކުރަން ވާނީ ޖަމާއަތުގެ މަންފާކަމަށާއި އަނިޔާވެރިއަކަށް އެހީތެރިވެގެން ލިބޭނެ މަންފާއެއް ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޝަހީމް އައްޔަން ކުރެއްވި ފަހުން މި ދެ އިލްމުވެރިން ކުރެއްވި ޓްވީޓްގައި އެއްވެސް ބޭފުޅެއްގެ ނަން ގެންނަވާފައެއް ނުވެ އެވެ. 

އަދާލަތު ޕާޓީގައި ކުރިން އުޅުއްވުމަށް ފަހު ސިޔާސީ ދާއިރާއަށް ދުރައްވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވާ ޑރ. ޝަހީމް ރަނިން މޭޓަކަށް ހަމަޖެއްސެވިކަން އިއުލާނު ކުރީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.  

ޝެއިޚް އިލްޔާސް ހުސައިން

ފަހަކަށް އައިސް މި ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ޑރ. އިޔާޒު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުން ދީނީ ކަންތައްތަކަށް ސަމާލުކަން ދޭމިންވަރު އެނގި ފުދިއްޖެކަމަށެވެ. ޑރ. އިޔާޒު ވިދާޅުވީ އާ އަހަރު ފާހަގަކުރަން އޭކަން މިއުޒިކް ޝޯ ބޭއްވީ އެކަން ނުކުރަން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އާދޭސް ދަންނަވަނިކޮށް ކަމަށާއި މޫނު ބުރުގާ އެޅި ޓީޗަރުން ވަޒީފާއިން ވަކި ކުރީ އެކަން ނުކުރުމަށް އިލްމުވެރިން އާދޭސް ކުރަނިކޮށްކަމަށެވެ. ތުނބުޅި ދިގުކޮށް ފައިކުރި ކުރުކޮށްފައި ތިބުމުން ވަޒީފާއިން ވަކިކުރި މޯލްޑިވްސް އިމިގްރޭޝަންގެ މުއައްޒަފުންނާއި ދޭތެރޭ ކަންތައް ކުރީވެސް ހަމަ އެގޮތަށް ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ. އެހެން ކަމުން މި ސަރުކާރުން ދީނީ ކަންކަމަށް އިސްކަންދޭ މިންވަރު އެނގި ފުދިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 ޖުލައި 2018 | އާދީއްތަ 07:00
ނާޑޫވާ
ދީނާ ޤައުމަށްވުރެ އާއިލާ މުހިއްމީ. މިއަދު ޔާމީން އެދޭގޮތް ނުހަދައިފިނަމަ އަނބިމީހާގެ ރަނުގެ ވިޔަފާރި ބަނގުރޫޓުވެ ޖަލުގެ ތޭރިތަކުތެރޭ ތާށިވާނެ. އެހެންލަމުން ޝަހީމް އެ ނިންމެވީ މިވަގުތަށް އޮތް އެންމެ ރަނގަޅުގޮތް. ރައްޔިތުން ހަމަބުއްދި ބޭނުންކޮށް ޔާމީނަށް ނޫނެކޭ ބުނުމަކީ ޝަހީމަށްވެސް އެންމެ ރަނގަޅުގޮތް. ޝަހީމަށްޓަކާވެސް މި ވެރިކަން ބަދަލުކިރަންޖެހޭ.