ކ. މާލެ
|
8 ޖުލައި 2018 | އާދީއްތަ 08:33
އިބޫ އެމްޑީޕީ އޮފީހުގައި ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވަނީ
އިބޫ އެމްޑީޕީ އޮފީހުގައި ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
ރިޔާސީ ރޭސް 2018
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އިބޫ އަޑުއައްސަވައިފި
25 އަށް ވުރެ ގިނަ ޑްރައިވަރުން ބައްދަލުވުމުގައި ބައިވެރިވި

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް، އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަޑުއައްސަވައިފި އެވެ. 

ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ އޮފީހުގައި އިބޫ ވަނީ މާލޭގައި ޓެކްސީ ދުއްވާ 25 އަށް ވުރެ ގިނަ ޑްރައިވަރުންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތަކާއި ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ. ޓެކްސީ ދުއްވުމުގައި ދިމާވެފައިވާ މައްސަލަތައް ކޯލިޝަން ސަރުކާރެއްގައި ހައްލުކުރެވޭ ގޮތްތަކާބެހޭ ގޮތުން އިބޫ ވަނީ މަޝްވަރާ ކުރައްވާފައެވެ.

އިބޫގެ ބައްދަލުވުމުގައި ބައިވެރިވި ޓެކްސީ ޑްރައިވަރަކު ރާއްޖެއެމްވީއަށް ބުނީ ރައީސް ޔާމީންގެ ސަރުކާރުން މާލޭގެ މަގުތަކަށް ގެންނަ ބަދަލުތަކާއި މަގުތައް މަރާމާތުކުރުމަށް ކަމަށް ބުނެ ކުރާ ބައެއް ކަންތައް ތަކުގެ ސަބަބުން ޑްރައިވަރުންނަށް ދިމާވާ ދަތިތަކުގެ މައުލޫމާތު އިބޫ އަށް ހިއްސާކުރި ކަމަށެވެ. އެގޮތުން މާލޭގައި ޕާކުކުރުމަށް ހުރި ދަތިތަކާއި މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމަތު ވެސް ހިއްސާކުރި އެވެ. 

ޓެކްސީ ޑްރައިވަރުންނާއެކު އިބޫ ފޮޓޯއަކަށް ހުއްޓިގެން

އެމްޑީޕީގެ އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސެވުމާ އެކު، އޭނާ ގެންދަވަނީ އެކި ދާއިރާތަކުގެ މީހުންނާ ބައްދަލުކުރައްވައި ކެމްޕެއިން އަށް ތައްޔާރުވަމުންނެވެ. އަދި ވަނީ ހޮނިހިރު ދުވަހު ވަނީ ދޮރުން ދޮރަށް ކެމްޕެއިން ފައްޓަވައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 ޖުލައި 2018 | އާދީއްތަ 03:54
ނަސްރު
ދޮޅަހަކަށްކެނަ. 600 އަށްވުރެ ގިނަ ޓެކްސީގެ ތެރެއިން.
8 ޖުލައި 2018 | އާދީއްތަ 03:35
ބަނާނާ
ނެވާ ނުވާނެ ތިކަމެއް