ކ. މާލެ
|
7 ޖުލައި 2018 | ހޮނިހިރު 16:39
އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް
އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް
އެމްއެންޑީއެފް
ކަނޑުމަތީގެ ހާދިސާ
ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އަރައިފި
ފަރަށް އެރިކަން ރިޕޯޓް ކޮށްފައިވަނީ 14:53 ގައި
ޖުމްލަ 09 މީހުން ތިބި، 08 ދިވެހިންނާއި ބިދޭސީއަކު
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

ނ. ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އަރައިފިއެވެ.

އެމްއެންޑީއެފްގެ އިންފޯރމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ކޯސްޓްގާޑުގެ މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓް ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ 14:53 ގައި ކަމަށެވެ. 

އާޒިމް ވިދާޅުވީ ކުޑަފަރީ ފަރަށް އަރާފައި ވަނީ "ރާދަފަތި" ނަމަކަށް ކިޔާ ޓަގަކާއި "ސިންގާސަނާ" ނަމަކަށް ކިޔާ ބާޖެއް ކަމަށެވެ.

އާޒިމް ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. މި ދެ އުޅަނދުގައި ޖުމްލަ ނުވަ މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ބިދޭސީއަކު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. 

މީގެ އިތުރުން އާޒިމް ވިދާޅުވީ އެ އުޅަނދު ފުންކުރުމުގެ މަސައްކަތް އުޅަނދުގެ ވެރިފަރާތުން ކުރަމުންދާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް