ކ. މާލެ
|
7 ޖުލައި 2018 | ހޮނިހިރު 13:48
ޕީޖީގެ އޮފީސް ކުރިން ހުރި އިމާރާތް
ޕީޖީގެ އޮފީސް ކުރިން ހުރި އިމާރާތް
މުހައްމަދު ޝަރުހާން
ޕްރޮސެކިއުޓަރ ޖެނެރަލް
ޕީޖީ އޮފީސް ވެލާނާގެއަށް ބަދަލުކޮށް، ހިދްމަތް 12 ވަނަ ބުރީގައި!
ޕީީޖީ އޮފީސް ބަދަލު ކުރަމުންދިޔައިރު، ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ބޭއްވިފައިވާލެއް ވެސް މަދު

ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ އޮފީސް ވެލާނާގެއަށް ބަދަލުކޮށްފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ރާއްޖެއެމްވީ އަށް ވިދާޅުވީ އެ އޮފީހުން ދެމުންދިޔަ ހިދްމަތްތައް މިހާރު ވެލާނާގެ 12 ވަނަ ބުރީގައި ހުރި އެފީހުން ލިބެމުންދާނެ ކަމަށެވެ. 

ޕީޖީ އޮފީސް ވެލާނާގެއަށް ބަދަލު ކުރުމަށްޓަކައި ވެލާނާގޭގައި ހުރި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަކްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އޮފީސް ވަނީ ޕީޖީ އޮފީސް ކުރިން ހިންގަމުން އައި އިމާރާތަށް ބަދަލުކޮށްފައެވެ. 

ޕީޖީ އޮފީސް ވެލާނާގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މިިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ. 

މި އޮފީސްތައް ހިންގަމުންދިޔަ އިމާރާތަކަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުން އެއްވެސް ފަރާތަކުން ބަހެއް ހާމަކޮށްފައެއް ނުވެއެވެ.

ޕީޖީ އޮފީސް ބަދަލު ކުރުމުގެ ކަންތައްތައް ކުރަމުންދަނިކޮށް، މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ ޝަރީއަތްތައް ވެސް މަދުކަން ފާހަގަކޮށް ލެވެއެވެ. މިދިޔަ ހަފްތާގެ ބައެއް ދުވަސް ދުވަހު އެއްވެސް ޝަރީއަތެއް ތާވަލް ކޮށްފައި ނުވާއިރު، ތާވަލްކުރި ދުވަސް ދުވަހު ވެސް ތާވަލްކޮށްފައިވަނީ ވަރަށް މަދު ޝަރީއަތުގެ އަޑުއެހުން ތަކެކެވެ. އަދި ބައެއް ޝަރީއަތްތައް ކެންސަލް ކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ ދައުލަތުގެ ފަރާތުން ޕީޖީގެ އޮފީހުން ދައުވާ ކުރާ ޖިނާއީ މައްސަލަތުގެ ޝަރީއަތް ހިންގާ ފުރަތަމަ މަރުހަލާގެ ކޯޓެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް