ކ. މާލެ
|
7 ޖުލައި 2018 | ހޮނިހިރު 13:03
ސްޓެލްކޯ އިމާރާތް
ސްޓެލްކޯ އިމާރާތް
ގޫގުލް
ސްޓެލްކޯގެ ޚިދުމަތް
ސްޓެލްކޯގެ ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް ފުޅާ ކުރުމަށްޓަކައި ޕާކިސްތާނާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި
އެގްރީމެންޓްގައި ސޮއިކޮށްފައިވަނީ މިދިޔަ ހަފްތާގައި
ސްޓެލްކޯގެ ހިދުމަތް ފުޅާ ކުރުމަށް މިދިޔަ އަހަރުވެސް ވަނީ ބޮޑު މަޝްރޫއުއެއް ފަށާފައި

ސްޓެލްކޯގެ ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް ފުޅާ ކުރުމަށްޓަކާއި ޕާކިސްތާނާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިންޑިޔާގެ ނޫހެއް ކަމުގައި ޓައިމްސް އޮފް އިންޑިއާ އިން  ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ކެޕޭސިޓީ ބިލްޑިންގ އެގްރީމެންޓެއްގައި ސޮއި ކޮށްފައިވަނީ މިދިޔަ ހަފްތާގަ އެވެ. މިކަމާ ގުޅޭ ތަފްސީލުތައް ހޯދުމަށް ސްޓެލްކޯއާ ގުޅުމުން ޖަވާބެއް ލިބިފައެއް ނުވެ އެވެ.

މިފަދަ އެއްބަސްވުމުގައި ޕާކިސްތާނައިއެކު ރާއްޖެއިން ސޮއިކޮށްފައިވާއިރު މިވަގުތަކީ އިންޑިއާގެ ރައްޔިތުންނަށް ވޯކް ވިސާ ދިނުމުގައި ބޮޑެތި ދަތިތަކާއި ޑިލޭތަކެއް ކުރިމަތިވެގެން އެވާހަކަތައް މީޑިއާއަށް ފެންމަތިވެފައިވާ ދުވަސްވަރެކެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރަށް ދިވެހި ރާއްޖެއިން ރިކުއެސްޓް ކޮށްފައިވާ ކަމުގެ އަޑުތައް ވެސް މީޑިއާއަށް ވަނީ ފެންމަތިވެފަ އެވެ.

ރާއްޖެއިން އެކި ގައުމުތަކާއި ހާއްސަކޮށް ޗައިނާއާއި މި ސަރަހައްދުގެ ގައުމުތަކާއި ދެމެދު އޮންނަ ހާރިޖީ ގުޅުންތައް އިންޑިއާ ސަރުކާރާއި މީޑިއާތަކުން ކައިރިން ބަލަމުންދާއިރު ދިވެހި ސަރުކާރުން ޕާކިސްތާނާއިއެކު ސްޓެލްކޯގެ ތަރައްގީގެ މަސައްކަތްތައް ކުރުމަށް ވެވުނު އެއްބަސްވުމާ ގުޅިގެން އިންޑިއާގެ އޮފިޝަލުން ވަނީ ސުވާލު އުފައްދާފަ އެވެ. ސަބަބަކީ ސްޓެލްކޯގެ ބޮޑެތި ގިނަ ޕްރޮޖެކްޓްތައް ކުރިއަށްގެންދަނީ ޗައިނާގެ ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށްވާތީ އެވެ.

އެގޮތުން ސްޓެލްކޯ އިން ޗައިނާ ސަރުކާރުގެ ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ ހަވާލު ކޮށްގެން "ސްޓެލްކޯ ފިފްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުއެއް ވަނީ ފަށާފައެވެ.

ރާއްޖޭގައި ހަކަތަ ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ އެންމެ ބޮޑު ޕްރޮޖެކްޓުގެ މަސައްކަތަށް މުޅި އެކު 104 މިލިއަން ޑޮލަރު ޚަރަދުވާ އިރު، ޚަރަދުވާ ފައިސާގެ ތެރެއިން 76 މިލިއަން ޑޮލަރުގެ ލޯން އެހީ ދީފައި ވަނީ ޗައިނާގެ އެގްޒިމް ބޭންކުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 ޖުލައި 2018 | ހޮނިހިރު 10:14
Dhena burin
Stelco chairman akee corroption in furifa huri meeheh
7 ޖުލައި 2018 | ހޮނިހިރު 10:06
maves
bala thi agreement ga soi kurer stelco chairman ahmed aiman. Mi trip ah dhiya group ah boakoh doller libunu