ކ. މާލެ
|
7 ޖުލައި 2018 | ހޮނިހިރު 13:07
ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައިކަލުގައި މަގުމަތީގައި
ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައިކަލުގައި މަގުމަތީގައި
ސޯޝަލް މީޑިއާ
ރިޔާސީ އިންތިހާބު 2018
ރިޔާސީ ކެންޑިޑޭޓް އިބޫއާ މެދު އެއްވެސް ޝައްކެއް ނުކުރަން: ރައީސް ނަޝީދު
އިބޫއަކީ އަޅުގަނޑުގެ އެންމެ ގާތް އެއް ރަހުމަތްތެރިޔާ
އެއްވެސް ޝައްކެއް ނެތް އިބޫއަށް
ރައީސް ޔާމީން ބަލިކުރުމަކީ އެމްޑީޕީގެ އެންމެ ބޮޑު އަމާޒު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫއާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި އިބޫ ރަގަޅު މަސައްކަތްޕުޅެއް ކުރައްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލަންކާގައި ތިއްބެވި އެމްޑީޕީގެ ދިވެހިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ގުޅިފައވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވާނީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒު ކުރެއްވުމަށް ކަމަށާއި އިންތިހާބު ކާމިޔާބު ކޮށްދެއްވުމުގައި އިބޫއަށް ހުރިހާ ފަރާތްތަކުން އެހީތެރިވެ ދެއްވުމަކީ  އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. 

" އަޅުގަނޑު ގަބޫލު ކުރަން އެމްޑީޕީގެ އަދި ގުޅިފައިވާ ރިޔާސީ އިންތިހާބުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރަގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް. އަދި އަޅުގަނޑު ވަރަށް ކުރީއްސުރެއް ފަށައިގެން ވެސް އިބޫ ވަރަށް ގާތްކޮށް ދަންނަން. މިހާރުވެސް އިބޫއަކީ އަޅުގަނޑުގެ އެންމެ ގާތް އެއް ރަހުމަތްތެރިޔާ. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް އިބޫއާމެދު" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ހުރިހާ ފަރާތްތަކުން ރިޔާސީ ކެންޑިޑޭޓް ފަހަތުގައި ތިއްބަވައިގެން ކުރެވުނު ހުރިހާ ކަމެއް ކުރުމަކީ ރާއްޖެ ސަލަމާތް ކުރުމަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

އެގޮތުން އެމްޑީޕީން ރިޔާސީ އިންތިހާބުގައި އެންމެ އެދޭ ކެންޑިޑޭޓް  ކުރިމަތިލެވިގެން ނުދިއުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަބަބުން ދިމާވި ކަމެއް ކަމަށާއި އެހެން ނަމަވެސް އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ނެތި މަސައްކަތް ކުރުމަކީވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ މަސައްކަތަކަށް ވެފައިވަނީ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުން ކަމަށާއި ރައީސް ޔާމީން ބަލި ކުރަން ޖެހޭ ސަބަބުތައް ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

 "ދިވެހި ރާއްޖެ ދަރަނިވެރިވަމުންދާ މިންވަރު، ދިވެހިރާއްޖޭގެ ވެރިކަން ހުދުމުހުތާރުވަމުންދާ މިންވަރު، ރާއްޖޭގައި އަނިޔާވެރިކަން އިތުރުވަމުންދާ މިންވަރުން މިކަންކަން އެންގިގެންދާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

 ދިވެހި ރާއްޖެ އަލުން އަނބުރާ، އުންމީދީ މަންޒިލަށް ގެނައުމަށް ރައީސް ޔާމީން މި ރިޔާސީ އިންތިހާބުގައި ބަލިކުރަންޖެހޭ ކަމަށާއި އެހެން ނަމަވެސް އިންތިހާބަށް ނިކުމެފައިވާ އިރު ބޮޑެތި ދަތިތަކެއް ވެސް ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
8 ޖުލައި 2018 | އާދީއްތަ 00:43
lhiyanu
thimaa minivan kurun noon kameh ibu akah nukurevey neyey utha?