ކ. މާލެ
|
7 ޖުލައި 2018 | ހޮނިހިރު 01:53
ފޮނަދޫ މަގުތަކުގައި ތާރު އަޅަން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މުއިއްޒު ވާހަކަ ދައްކަވަނީ
ފޮނަދޫ މަގުތަކުގައި ތާރު އަޅަން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މުއިއްޒު ވާހަކަ ދައްކަވަނީ
ޓްވިޓަރ
ލ. ފޮނަދޫ
ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އިފްތިތާހުކޮށްފި
ފުނަދޫގައި ޖުމްލަ 3.3 ކިލޯމީޓަރުގެ ދިގުމިނުގެ 10 މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައި
މިމަޝްރޫއަށް 45.6 މިލިއަން ރުފިޔާ ސަރުކާރުން ބަޖެޓުން ހަރަދުކުރޭ

ލ. ފޮނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާހު ކޮށްފިއެވެ.

އެ މަސައްކަތް ފައްޓަވާދެއްވީ ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިންގ މިނިސްޓަރު ޑރ މުޙައްމަދު މުއިއްޒުއެވެ.

ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރާ މިމަޝްރޫއުގެ ދަށުން ފުނަދޫގައި ޖުމްލަ 3.3 ކިލޯމީޓަރުގެ ދިގުމިނުގެ 10 މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަގުތައް ހެދިގެންދާނީ ދުވާރު ހިމަނައިގެން ފެންހިންދާ ނިޒާމް ވެސް ގާއިމް ކުރުމާ އެކުގައެވެ. މީގެ އިތުރަށް ކޭބަލް ޖަންކްޝަނާއި މުސްތަގުބަލުގައި ކޭބަލް އަޅަން ބޭނުންވެއްޖެ ހާލަތެއްގައި ކޭބަލް އެޅޭނެ ގޮތަށް ހޮޅި އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ފުނަދޫ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 13 ސެޕްޓެންބަރު 2015 ގައި 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް ކަނޑައެޅި ތާރީހަށް މިމަސައްކަތް ވަނީ ނިންމާ ނުލެވިފައެވެ. 

މިމަޝްރޫއަށް 45.6 މިލިއަން ރުފިޔާ ސަރުކާރުން ބަޖެޓުން ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.

ފޮނަދޫގެ ތާރު އެޅުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ތެރެއިން 
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް