ކ. މާލެ
|
6 ޖުލައި 2018 | ހުކުރު 19:39
ރައީސް ޔާމީން އަދި މެޑަމް ފާތުން ޖަލްސާއެއްގައި ބައިވެރިވެލައްވަނީ
ރައީސް ޔާމީން އަދި މެޑަމް ފާތުން ޖަލްސާއެއްގައި ބައިވެރިވެލައްވަނީ
ރައީސް އޮފީސް
ރިޔާސީ ރޭސް 2018
ރައީސް ޔާމީންގެ ރަނިންމޭޓަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ގެނައުމަށް ކެމްޕެއިން ފަށައިފި
ފާތުމަތު އިބްރާހިމްއަށް ތާއިދުކޮށް ކޮށްފައިވާ ޓްވީޓެއް އެންމެ ފުރަތަމަ ރީޓްވީޓް ކުރައްވާފައި ވަނީ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން

ޕީޕީއެމްގެ ޓިކެޓުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ ގެނައުމަށް ޕީޕީއެމުން ކެމްޕެއިން ފަށައިފިއެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ފާތުމަތު އިބްރާހިމް ދީދީ ގެނައުމަށް އެކަމަނާއަށް ތާއިދުކޮށް ކޮށްފައިވާ ޓްވީޓެއް ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޔާމީން ރަޝީދް ވަނީ ރީޓްވީޓް ކުރައްވާފައެވެ. 

މެމްބަރު ޔާމީންގެ އިތުރުން ޕީޕީއެމްގެ ބައެއް އެކްޓްވިސްޓުންވެސް ގެންދަވަނީ ފާތުމަތު އިބްރާހިމް ދީދީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ގެންނެވުމަށް ތާއިދުކުރައްވާ ޓްވީޓް ކުރައްވަމުންނެވެ.

މިކަމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ގެންނަން އެންމެ ޙައްގު ބޭފުޅަކީ އެމަނިކުފާންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ދީދީ ކަމަށެވެ. އެކަން ކުރުމަށް މެމްބަރު ޔާމީންގެ ހިޔާލަށް ތާއިދުކުރައްވާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
7 ޖުލައި 2018 | ހޮނިހިރު 00:51
Gdaaboo
Haalathul sarooraage dashun faathun daatha gen nanee
6 ޖުލައި 2018 | ހުކުރު 18:41
Open mind
Baraabaru. .enme molhu goi mihaarah
6 ޖުލައި 2018 | ހުކުރު 18:40
Open mind
Baraabaru. .enme molhu goi mihaarah
6 ޖުލައި 2018 | ހުކުރު 16:09
Yaamin
Kon campaign ey kurakah. PPM D fraction akee bag in hurihakamey ninmala baey
6 ޖުލައި 2018 | ހުކުރު 15:43
އައިމިނާ
އޭރުން ވައްކަން ދެގުނަކޮށްލެވޭނެތާ ވައްކަންފަށްފަށްކޮށްލެވޭނެތާ ދެމަފިރިންނަށް ހިއްހަމަޖެހިގެން އަރާމުގަ ނިދޭނެތާ