ކ. މާލެ
|
6 ޖުލައި 2018 | ހުކުރު 18:19
ޝެއިހް އަލީ ޒައިދު
ޝެއިހް އަލީ ޒައިދު
ފޭސްބުކް
ޝެއިހް އަލީ ޒައިދު
މޫނު ބުރުގާ އަޅާތީ ވަޒީފާއިން ވަކިކުރި މީހުންނަން އަލުން ވަޒީފާ ދިނުމަށް ޝައިހް އަލީ ޒައިދު ގޮވާލައިފި
ވޯޓާސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމުމަކީ ރަނގަޅު ނިންމުމެއް
މޫނު ބުރުގާ އަޅާގެން އުޅޭ މީހުން ވަޒީފާ ވަކިކުރާ މައްސަަލައަށް ވެސް ހައްލެއްް ލިބެންޖެހޭ

މޫނު ބުރުގާ އަޅާތީ ނުހައްގުން ވަޒީފާއިން ކަނޑާލި މީހުންނަން އަލުން ވަޒީފާ ދިނުމަށް ޝައިޙް އަލީ ޒައިދު ގޮވާލާފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމުމާއި ގުޅިގެން ޝައިހް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. މޫނު ބުރުގާ އަޅާ މީހުންނަން އިޙްތިރާމް ކުރަން ޖެހޭކަން ފާހަގަކުރައްވަމުން ޝައިހް އަލީ ޒައިދު ވިދާޅުވީ މޫނު ބުރުގާ އަޅާތީ ނުހައްގުން ވަޒީފާއިން ކަނޑާލި މުވައްޒިފުންނަށް އަލުން ވާޒިފާ ދިނުމަށް ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލާކަމަށެވެ.

މީގެ އިތުރުން ޝެއިހް އަލީ ޒައިދު ވިދާޅުވީ އިސްލާމީ ގައުމެއްގައި ނިވާކަން ކުޑަ ހެދުން ލައިގެން އަންހެނުން ސަރުކާރުގެ ވަޒީފާ އަދާކުރަމުންދާއިރު، މޫނު ބުރުގާ އަޅާ މީހުން ނުހައްގުން ވަޒީފާއިން ކަނޑާލާއި ގެއަށް ފޮނުވާލަމުން އަންނަ މައްސަލައަށް ހައްލެއް ލިބެންޖެހޭ ކަމަށް އެނާ ދެކިލައްވާ ކަމަށެވެ.

"މި އިސްލާމީ ގައުމުގައި، އަންޑަރގާމެންޓްސް ފެންނަ ވަރުގެ ތުނި ހެދުން ލާ މީހުންނަށާ، ބުރުގާ ނާޅާ މީހުންނަށާ، ކަރު ބޮޑު ހެދުން ލައިގެން ވަޒީފާ އަދާކުރާ މީހުންނަން ފުރުސަތު އޮތް އިރު، މޫނު ބުރުގާ އަޅާމީހުން ނުހައްގުން ކަނޑާ ފޮނުވާލާއި ފޮނުވާލުމަށް ހައްލެއް ލިބެންޖެހޭ ކަމަށް ދެކެން" ޝެއިހް އަލީ ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގައި ބޭނުންކުރަން ހަމަޖެހިފައިވާ ވޯޓަރސް ލިސްޓަކީ ފޮޓޯ ނުޖަހާ ވޯޓަރސް ލިސްޓެކެވެ. އެކޮމިޝަނުން މިގޮތަށް ނިންމީ ވޯޓަރސް ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަން އެދި އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކާއި ގުޅިގެންނެވެ.

ވޯޓަރސް ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަން އިލެކްޝަން ކޮންމިޝަނުން ނިންމާފައިވާއިރު، ފާހަގަކޮށްލަންޖެހެނީ ސެޕްޓެމްބަރ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ސުޕްރީމް ކޯޓުން ހަދާފައިވާ ގައިޑްލައިން ބުނާ ގޮތުން ވޯޓަރސް ލިސްޓްގައި، ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހާގެ އައިޑީކާޑު ނަމްބަރާއި އެއީ ކާކުކަން ވަކިކޮށް ދެނެގަނެވޭނެ ވަސީލަތެއް ކަނޑައަޅަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
6 ޖުލައި 2018 | ހުކުރު 17:41
Husen
Please don't report such nonsense of none essential people trying to get in the spotlight . This is not vaguthu news