ކ. މާލެ
|
6 ޖުލައި 2018 | ހުކުރު 18:16
ދާންދޫ ކައުންސިލްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން..
ދާންދޫ ކައުންސިލްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން..
މުހައްމަދު ޝަރުހާން
ގއ. އަތޮޅު
ދާންދޫއަކީ ކުށްމަދު ރަކަށް ހެދުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގަނީ
އަމާން މާހައުލެއް ގާއިމްކުރުމަށް ޚާއްސަ ހަރަކާތްތަކެއް އެއްއަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ވަނީ ރޭވިފައި
މިއީ ދާންދޫ ސްކޫލުއާއި ދާންދޫ ޕޮލިސްގެ އެއްބާރުލުމާއެކު، އެރަށު ކައުންސިލުން ހިންގާ ޚާއްސަ ހަރަކާތެއް

ގއ. ދާންދޫއަކީ އަމާން ކުށްމަދު ރަށަކަށް ހެދުމަށް ދާންދޫ ސްކޫލުއާއި ދާންދޫ ޕޮލިސްގެ އެއްބާރުލުމާއެކު ދާންދޫ ކައުންސިލުން ޚާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ އެރަށުގައި އަމާން މާހައުލެއް ގާއިމްކުރުމަށް މަސައްކަތްކުރުމުގެ ގޮތުން އެއްއަހަރު ދުވަހަށް ވަކި ޚާއްސަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް ގެންދާނެ ހަރަކާތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފުރަތަމަ ބައްދަލުވުން ބުރާސްފަތި ދުވަހު ބާއްވާފައިވާ ކަމާއި، ފުރަތަމަ ހަ މަސް ދުވަހުގެ ކުރިއަށް ގެންދިއުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރަށުގެ އެކިދާއިރާތަކުން ހައްލު ހޯދުމަށް ބޭނުންވާ 28 ކަމެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާއި ގޮތްތައް ހޯދައި ރައްޔިތުންނާއި ހިއްސާކޮށް ހައްލު ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި އެރަށުގެ ގްރޭޑް 5ގެ މަތީ ދަރިވަރުންނާއި އެދަރިވަރުންގެ މައިންބަފައިންނަށާއި، ދުވަސްވީ އުމުރު ފުރާގެ ބޭފުޅުންނާއި، ޚާއްސަކޮށް ރަށުގެ ޒުވާނުންނަށް ވެސް އަމާޒު ކޮށްގެން އެމީހުންނާއި ގުޅުންހުރި އެކިކަންކަމާއި ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިސެޝަންތަކުގައި ކުރިއަށްގެންދާނީ އެދާއިރާއަކުން ތައުލީމު ލިބިފައިވާ ތަޖުރިބާ ބޭފުޅުން ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

" މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރަނގަޅު ބަދަލެއް އަންނާނެ. ގިނަކަންކަމަށް ހޭލުންތެރިމިކުރެވެނީ. ހަމަމިއާއެކު ދާންދޫ އަކީ މިފަދަ ކަންކަމުގައި ނަމޫނާ ރައްޔިތުންނަށް ދިރިއުޅޭ ރަށަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރަނީ. " ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ މިޕްރޮގްރާމްއަކީ އާންމު ރައްޔިތުންގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި، މިޕްރޮގްރާމް ތަކުގެ ސަބަބުން ރަނގަޅު ނަތީޖާ ކައިރި މުސްތަގުބަލެއްގައި ރަށުގެ އެންމެނަށް ފެންނާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް