ކ. މާލެ
|
6 ޖުލައި 2018 | ހުކުރު 12:23
އިންޓަނޭޝަނަލް އެއިޑް ކެންޕޭނުގެ ފަރާތުން ގައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިން ކަޅުހަންތައް: މީގެ ކުރިން ވަނީ ކާބޯތަކެތި ވެސް ހަދިޔާކޮށްފައި
އިންޓަނޭޝަނަލް އެއިޑް ކެންޕޭނުގެ ފަރާތުން ގައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިން ކަޅުހަންތައް: މީގެ ކުރިން ވަނީ ކާބޯތަކެތި ވެސް ހަދިޔާކޮށްފައި
މުހައްމަދު ޝަރުހާން
އެހީވުން
ގައްޒާ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް އެހީވުމަށް ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި
ގައްޒާ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް މިހާރު ލިބެނީ 4 ގަޑިއިރަށް
އެހީވުމަށް ބޭނުންވާ ކޮންމެ މީހަކު މަދުވެގެން 50 ޑޮލަރުގެ އެހީއެއް ދިނުމަށް އެދޭ

އިސްރާއީލުގެ ސިފައިން ގައްޒާގެ ބޯޑަރު ސަރަހައްދުގައި ހިންގަމުން ގެންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ގައްޒާގެ ރައްޔިތުންނަށް ގިނަ ވަގުތު ކަރަންޓު ފޯރުކޮށްދިނުމަށް އެހީވާން އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ދިވެހިންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

މީގެ ކުރިން އިންޓަނޭޝަނަލް އެއިޑް ކެންޕޭނުން ވަނީ ގައްޒާގެ ރައްޔިތުންނަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ގައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް އެހީވާން ދިވެހިންނަށް ވަނީ ހުޅުވާލާފައެވެ. އަދި މިފުރުސަތުގައި ގިނަ ބަޔަކު އެހީވެދީފައިވާ ކަމަށް ވެސް އެއިޑް ކެންޕޭނުނުން ބުނެއެވެ.

އިންޓާރނޭޝަނަލް އެއިޑް ކެންޕޭނުން ބުނީ ހަތަރު ގަޑިއިރަށް ކަންރަންޓުގެ ޚިދުމަތް ލިބެމުންދާ ގައްޒާގެ ރައްޔިތުންނަށް 10 ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެދޭން ބޭނުންވާ މީހަކު އެންމެ މަދުވެގެން 50 ޑޮލަރު އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.

 

"ލޯތްބާ އެކު" ކެމެޕޭނުގެ ޕޯސްޓަރެއް

 

އެހީގެ ފައިސާ ފޮނުވާނީ:

އިސްލާމިކް ބޭންކް

ރުފިޔާ އިން ނަމަ: 7770000014818

ޑޮލަރުން ނަމަ: 7770000014817

އެހީވުމުގެ ފުރުސަތުގެ މުއްދަތު ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށް އެއިޑް ކެމްޕޭނުން ބުންޏެވެ.

މީގެ އިތުރުން އެއިޑް ކެންޕޭނުން ބުނީ "ލޯތްބާ އެކު" ދިވެހިންގެ ފަރާތުން ފޯރުކޮށްދިން އެހީއަށް ގާޒާގެ ރައްޔިތުންނަށް ފެން އަޅާނެ ބޮޑެތި ކަޅުހަންތަކެއް ހަދިޔާ ކޮށްފައިވާ ކަމަށެވެ. އެއީ 250 ލިޓަރުގެ ފެން ރައްކާކުރެވޭ ކަޅުހަން ކަމަށާއި، 600 އަށް ވުރެ ގިނަ އާއިލާއަށް މިއެހީ ފޯރުކޮށްދެވުނު ކަމަށް މައުލޫމާތުދެއެވެ.

އެހީއާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ހޮޓްލައިން 9122121 އަށް ގުޅުމަށް  އިންޓަނޭޝަނަލް އެއިޑް ކެންޕޭނުން އެދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 ޖުލައި 2018 | ހުކުރު 11:57
ރޭވުމެއް
ވޯޓު ގަތުމުގެ ރޭވުމެއް