ކ. މާލެ
|
6 ޖުލައި 2018 | ހުކުރު 11:08
އިބޫ ކެމްޕެއިން ޓީމްތަކާ ބައްދަލުކުރައްވަނީ
އިބޫ ކެމްޕެއިން ޓީމްތަކާ ބައްދަލުކުރައްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ ރޭސް 2018
ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރެއްވުމައިގެން އިބޫ އަވަދިނެތި!
އިބޫ ގެންދަވަނީ ގިނަ ބަޔަކާ ބައްދަލުކުރައްވަމުން
ބުރާސްފަތި ދުވަހު އެކަނި ވެސް ފަސް ބައްދަލުވުމެއް ކުރިއަށް ދިޔަ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބުރާސްފަތި ދުވަހު ވެސް އެ ޕާޓީގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވައިފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ "ޖަޒީރާ ރާއްޖެ" ކެމްޕެއިން ކުރިޔަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރެއްވުމަށް އިބޫ ވަނީ ކުރީ ދުވަސްތަކެކޭ އެއްފަދައިން މުޅި ދުވަހު އެކި ކެމްޕެއިން ޓީމްތަކާ ބައްދަލުކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ދުވަސް ފައްޓަވާފައި ވަނީ ކެމްޕެއިންގެ ކޯޑިނަރުންނާ އެކު ބޭއްވެވި ބައްދަލުވުމަކުންނެވެ. އޭގެ ފަހުން އިބޫ ވަނީ އެމްޑީޕީގެ އައްޑޫ ސިޓީގެ މަންދޫބުންނާ ބައްދަލުކުރައްވައި ކެމްޕެއިން ކުރިޔަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވާފައެވެ. 

މީގެ އިތުރުން އެމަނިކުފާނު ވަނީ ކެޔޮދޫ ދާއިރާގެ ޓީމުގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވައި އެފަރާތްތަކުގެ ހިޔާލު ވެސް ހޯއްދަވާފައެވެ.

އެއާ އެކު އިބޫ ވަނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ޓީމާ ބައްދަލުކުރައްވައި، އެ ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގެ މައުލޫމާތު ފުރިހަމަކޮށް ފޯރުކޮށްދޭނެ ގޮތުގެ ޚިޔާލު ހޯއްދަވާފައެވެ.

ށ. ކަނޑިތީމު ދާއިރާގެ ޓީމާ އެކު ވެސް އިބޫ ވަނީ ކެމްޕެއިން ކުރިއަށް ދާނެ ގޮތުގެ ތާވަލަ ބެހޭ ގޮތުން ހިޔާލު ހޯއްދަވައި، ކުރެވޭނެ ކަންތައްތަކަކާ މެދު މަޝްވަރާކުރައްވާފައެވެ. 

މި ބައްދަލުވުންތަކުގައި އިބޫއާ އެކު އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ. ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ހަމަޖެއްސެވި ފަހުން ކޮންމެ ދުވަހަކު ވެސް ގިނަ ފަރާތްތަކަކާ އިބޫ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

ކެމްޕެއިން ހަރަކާތްތައް ރަސްމީ ގޮތެއްގައި ނުފެށި މަޑުޖެހިފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އެއްބަސްވެފައިވާ ގޮތަށް ޖުމްހޫރީ ޕާޓީން ރަނިން މޭޓަކު ކަނޑަނާޅާތީއެވެ. ރަނިންމޭޓަކަށް ނުކުންނާނެ ބޭފުޅެއް ޖޭޕީން ކަނޑައެޅުމާ އެކު، ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފަށާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓިންތަކުން ވަނީ ބުނެފައެވެ. ޖޭޕީގެ ރަނިން މޭޓް އިއުލާން ކުރާނީ ޖުލައި މަހު 10 ވަނަ ދުވަހު ކަމަށް އެ ޕާޓީން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް