ކ. މާލެ
|
6 ޖުލައި 2018 | ހުކުރު 10:52
ތައިލޭންޑަށް ދިޔަ 15 ފުލުހުން
ތައިލޭންޑަށް ދިޔަ 15 ފުލުހުން
ޕޮލިސް
ރިޔާސީ އިންތިޚާބް 2018
ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނު ކޯހަކަށް 15 ފުލުހަކު ތައިލެންޑަށް
ތަމްރީން ހަދާނީ ތައިލެންޑްގެ ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގައި

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ފުލުހުންނަށް ލިބުނު ތަމްރީނު ފުރުސަތެއްގައި 15 ފުލުހަކު ތައިލެންޑަށް ފުރައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމަށް ހޭލުންތެރި ކުރުވުމަށް ފުލުހުންނަށް ދޭން ހަމަޖެހިފައިވާ ތަމްރީންތަކުގެ ދަށުން،  ޖުލައި 1 އިން 7 އަށް ތައިލެންޑްގެ ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގައި ކުރިއަށްގެންދާ މިތަމްރީން ޕްރޮގްރާމްގައި، ސެކިއުރިޓީއާ ގުޅުން ހުރި ތަމްރީންތަކެއް ދޭން ވަނީ ހަމަޖެހިފައެވެ.

އެގޮތުން ފުލުހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި، ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެންނަން ޖެހިއްޖެ ހާލަތެއްގައި ޢަމަލުކުރާނެ ގޮތްތަކާއި އުކުޅުތަކުގެ އިތުރުން ވީއައިޕީ ޕްރޮޓެކްޝަންގެ އުކުޅުތައް، މިޕްރޮގްރާމްގެ ތެރެއިން ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބަށް ފުލުހުން ތައްޔާރުކުރުމުގެ ގޮތުން، ފުލުހުންގެ އިދާރާ އިން ބުނީ ފުލުހުން ހޭލުންތެރި ކުރުވުމަށް ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވައި، ކަމާ ގުޅުން ހުރި މަޢުލޫމާތު ދިނުމުގެ އިތުރުން އެހެނިހެން ތަމްރީނު ޕްރޮގްރާމްތައް ވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް