ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 13:55
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު
މުހައްމަދު ޝަރުހާން
ސްޕްރީމް ކޯޓު
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ މައްސަލަތައް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް!
ބަންދާމެދު ކޯޓުން ނެރޭ އަމުރުތައް އިސްތިއުނާފުކުރުމަށް ހުށަހަޅާނީ ހައިކޯޓަށް

ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރު ކުރުމުން ބަންދާ މެދު ކޯޓުން ނެރޭ އަމުރުތައް އިސްތިއުނާފު ކުރުމަށް ހުށަހަޅާނީ ދިވެހި ރާއްޖޭގެ ހައިކޯޓަށް ކަމަށް ހުށަހަޅައިފިއެވެ.

ބުދަ ދުވަހު ސްޕްރީމް ކޯޓުން ނެރެފައިވާ ސާރކިއުލަރ އެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/06/2015( ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ޞަރަޙައްދުގައި ޤާއިމްކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފުކުރުމާބެހޭ( ސަރކިއުލަރގެ ދަށުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރެވޭނީ އެ ކޯޓެއް ނިސްބަތްވާ ސަރަޙައްދެއްގައި ޤާއިމްކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފީގައި ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން ބަންދާމެދު ކޯޓުން ނެރޭ އަމުރުގެ މައްސަލަތަކަކީ އަވަސްކަމާއެކު ނިންމަންޖެހޭ ބާވަތުގެ މައްސަލަތަކެއްކަމުގައެވެ.

ހައިކޯޓު / ދެކުނު ގޮތްޕާއި ހައިކޯޓު / އުތުރު ގޮފީގައި ޝަރީޢަތް ހިންގުމާބެހޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރު (06 ފެބުރުވަރީ 2018 )ގައި ކަނޑައަޅާފައިވާ އުޞޫލުގައި ހައިކޯޓުގެ ގޮފިތަކުގައި ދާއިމީ ފަނޑިޔާރުން ޤާއިމްވެތިބޭ ގޮތަށް ހަމަޖެހިފައިނުވާތީ، ޤާނޫނުއަސާސީގެ 141 މާއްދާގެ(ށ) އާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން ބަންދާމެދު ކޯޓުން ނެރޭ އަމުރުތައް، ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން އިސްތިއުނާފު ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް