ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 13:31
މައްޗަށްގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު
މައްޗަށްގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަސުރުހީ
އިންސާފުވެރި ޝަރީއަތްތަކެއް ބޭއްވުން މުހިއްމު، ރާއްޖޭގެ ފަނޑިޔާރުންނަށް ވާނީ މުސްލިމުން: މާރިޔާ
ފަނޑިޔާރަކަށް ވެވޭނީ މުސްލިމަކު ކަމުގައިވާނަމަ
އިންސާފު ގާއިމް ކުރެވިގެންދިއުމަކީ އެންމެ މުހިއްމު އެއްކަންތައް
އިންސާފު އޮންނަންޖެހޭނެ

ގާނޫނުއަސާސީގައި އަދި ފަނޑިޔާރުންގެ ގާނޫނުގައި ފަނޑިޔާރުން ހަމައެކަނި ދިވެއްސަކަށްވުން ޖަހާފައިނުވާނެ ކަމަށާއި އެފަދަ ގޮތަކަށް ކަނޑައަޅާފައިވަނީ އިންސާފުވެރިކަމާއެކު ކަންކަން ނިންމޭނެ ފަރާތްތްކުގެ އެހީގައި ވެސް ޝަރީއަތްތައް ކުރިއަށްގެންދިއުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ކަމަށް މައްޗަށްގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

 ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، މާރިޔާ ވިދާޅުވީ، ފަނޑިޔާރަކަށް ވެވޭނީ މުސްލިމަކު ކަމުގައިވާނަމަ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ އިރު އެނޫން ގޮތަކަށް އެކަން ވެގެންދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ރާއްޖެފަދަ ކުޑަ ގައުމެއްގައި އެއް ބަޔަކު އަނެއް ބަޔަކު އެނގުމުގެ ސަބަބުން، ޝަރުއީގޮތުން އިންސާފު ގާއިމް ކުރުމަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކާ ކުރިމަތިވާ ކަމަށާއި، ހުރިހާ ފަރާތްތަކަށް އެންމެ މަތީ ފަންތީގައި އިންސާފު ގާއިމް ކުރެވިގެންދިއުމަކީ އެންމެ މުހިއްމު އެއްކަންތައް ކަމަށް ވިދާޅުވިއެވެ.

" އިންސާފު އެއީ އިސްލާމުދީނުގައި ބާރު އަޅާ އެއްކަންތައް. އިންސާފުވެރިކަމާ އެކު ރައްޔިތުންނާ މެދު ކަން ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ހޯދަންޖެހޭ. އިންސާފުވެރިކޮށް ކަން ކުރެވިއްޖެ ކަމާ އިންސާފުވެރިކޮށް ކަން ކުރެވިއްޖެ ކަން ބަލައިގަތުން އެކަން އެގޮތަށް ފެނުން ވެސް މުހިއްމު. މިހާރު އަޅުގަނޑުމެންގެ ގައުމު މިއޮތީ އިންޓެލިޖެންސް ރިޕޯޓާއި ސިއްރު ހެއްކަށް ގޮސް ހުސްވެފައި." މާރިޔާ ވިދާޅުވި އެވެ.

 މާރިޔާ ވިދާޅުވީ، ގާނޫނުގެ ތެރެއިން ތަރައްގީ ކުރަމުންދާ ކަމަށް ސަރުކާރުން ބުނަމުންދާއިރު މަޖިލީހުގެ މަސައްކަތްތައް އެއްކޮށް ހުއްޓުވާފައިވާ ކަމަށެވެ. ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އައި އިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތް ކަމަށާއި އެހެން ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މެން ފަދަ ބޭފުޅުން އޭރު އިދިކޮޅު މަޖިލީސް މެންބަރުންނާ ވާހަކަ ދައްކަވައި އެބޭފުޅުންގެ ވޯޓު ހޯއްދަވައިގެން ކަންކަން ކުރެއްވި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އިދިކޮޅު މަޖިލީސް މެންބަރުން މަޖިލީހަށް ވަނަ ނުދީ، ޖަލައްލާ ބިރު ދައްކައިގެން، ބާރުގެ ބޭނުން ކޮންގެން ކަންކަން ކުރި ނަމަވެސް ރައްޔިތުންގެ ތާއީދު އެކަމަށް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް