ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 07:06
މި މަޝްރޫއުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު އާއި ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ޕްރަބާތް ރުވަންޕުރަ
މި މަޝްރޫއުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު އާއި ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ޕްރަބާތް ރުވަންޕުރަ
އެންވަރަންމަންޓް މިނިސްޓްރީ
އެންވަޔަރަންމަންޓް މިނިސްޓްރީ
ފޭދޫގައި ފެން ހިންދުމުގެ ނިޒާމެއް ގާއިމް ކުރަނީ
މިމަޝްރޫއަކީ ފޭދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ފެށި މަޝްރޫއެއް
މިމަޝްރޫއަށް 18.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީ ބުނޭ

އައްޑޫ ސިޓީ ފޭދޫގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ފެން ހިންދުމުގެ ނިޒާމު ގާއިމް ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއާ ހަވާލުކޮށް މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި އެންވަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އަދި ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓަންޓް ޕްރަބާތް ރުވަންޕުރަ އެވެ.

އެންވަރަމެންޓް މިނިސްޓްރީން ބުނީ މިމަޝްރޫއަކީ ފޭދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ފެށި މަޝްރޫއެއް ކަމަށެވެ. އެގޮތުން ފޭދޫގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ނެޓްވޯކެއް ގާއިމްކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެންވަރަމެންޓް މިނިސްޓްރީން ބުނީ ފޭދޫ ފެން ހިންދުމުގެ މިމަޝްރޫއު ގާއިމުކުރަން 18.6 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާ ކަމަށާއި، މިއީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
5 ޖުލައި 2018 | ބުރާސްފަތި 07:34
ސަހަރޯ
ސަހަރޯ ތިވާހަކަ ޖަހަންވާނެ ބައިންއަޤުވާމީ ނޫސްތަކުގަވެސް