ކ. މާލެ
|
4 ޖުލައި 2018 | ބުދަ 22:53
އަލީ ސޯލިހު
އަލީ ސޯލިހު
މުހައްމަދު ޝަރުހާން
ރިޔާސީ ރޭސް 2018
ރަނިންމޭޓާއި ބެހޭގޮތުން އެކިގޮތްގޮތަށް ވާހަކަ ނުދެއްކުމަށް އެދެން: އަލީ ސޯލިހު
ރަނިންމޭޓަކަށް އޭނާ ވަނީ އައިޝާ އެންޑޯސްކުރައްވާފައި
ޖޭޕީން ނެރޭނެ ރަނިންމޭޓަކު އަންގާރަ ދުވަހު އިއުލާން ކުރާނެ

ޖުމްހޫރީ ޕާޓީން ނެރޭނެ ރަނިންމޭޓަކާއި ބެހޭގޮތުން އެކިގޮތްގޮތަށް ވާހަކަ ނުދެއްކުމަށް އެޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު އެދިވަޑައިގެންފިއެވެ.

އަލީ ސޯލިހު ރާއްޖެއެމްވީއަށް ވިދާޅުވީ ޖޭޕީއިން ރަނިންމޭޓަކު ކަނޑައަޅާނީ އަންނަ އަންގާރަ ދުވަހު ކަމަށްވާއިރު ރަނިންމޭޓާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ކެންޕެއިންތައް ފަށާފައިވާ ކަމަށެވެ. އަދި އެކުރާ ކެންޕެއިން ތަކުގައި ބައެއް ފަރާތްތަކުގެ އަބުރު ކަތިލަމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދިލައްވާ ކަމަށެވެ. އަދި އެ ދައްކާ ވާހަކައަކުން ފިތުނަ އުފެއްދުމަށް ފުރުސަތު ނުދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގ މޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީއަށް ވަނީ ފުރުސަތު ދީފައެވެ. އެޕާޓީން އަންނަ އަންގާރަ ދުވަހު ވަކި ގޮތެއް ނިންމާނެ ކަމަށް ބުނެފައިވާއިރު އެޕާޓީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުގެ ނަންތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އޭގެތެރޭގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކުރީގެ މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ޑރ. އަބްދުﷲ މައުސޫމާއި، ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީނާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ފުލުހުންގެ ހިދުމަތުގައި ވެސް އުޅުއްވި މުހައްމަދު ފަޔާޒު (އެފްއޭ)އާއި ،ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރުގެ އިތުރުން ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ ވެސް ހިމެނިވަޑައިގަންނަވައެވެ.

އައިޝާއާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރަމުން ގެންދާއިރު ގާސިމްގެ އިތުރުން އެ ޕާޓީގެ ރައީސް އަލީ ވަހީދާއި އަލީ ސޯލިހު ފަދަ ބޭފުޅުން ވަނީ ނާއިބު ރައީސްގެ މަގާމަށް އައިޝާ އެންޑޯސް ކުރައްވާފައެވެ.

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
5 ޖުލައި 2018 | ބުރާސްފަތި 06:47
އަވަސް.
ތިމާމެން އެހެން މީހުންގެ އަބުރު ކަތިލިޔަސް ހަމަ އެކަން އޯކޭދޯ؟