ކ. މާލެ
|
4 ޖުލައި 2018 | ބުދަ 18:38
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ
އިލެކްޝަން ކޮމިޝަން
ވޯޓާސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމައިފި
އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބޭ

ރިޔާސީ އިންތިހާބުގައި ބޭނުން ކުރާ ވޯޓާސް ލިސްޓުގައި ފޮޓޯ ނުޖެހުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބޭނުންކުރަން ހަމަޖެހިފައިވާ ވޯޓާސް ލިސްޓަކީ ފޮޓޯ ނުޖަހާ ވޯޓާސް ލިސްޓެއް ކަމަށެވެ.

މިކަމާއި ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަން ނިންމީ އެ ކޮމިޝަނުން ހުށައެޅި ޝަކުވާތަކާއި ގުޅިގެން ކަމަށެވެ. މި ނިންމުމާއި އެކު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބޭނުން ކުރަން ހަމަޖެހިފައިވަނީ ފޮޓޯ ނުޖަހާ ވޯޓާސް ލިސްޓެއް ކަމަށް އަކްރަމް ވަނީ ވިދާޅުވިއެވެ.

ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަށް އިލެކްޝަން ކޮންމިޝަނުން ނިންމާފައިވާއިރު، ފާހަގަކޮށްލަންޖެހެނީ ސެޕްޓެމްބަރ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ސުޕްރީމް ކޯޓުން ހަދާފައިވާ ގައިޑްލައިން ބުނާ ގޮތުން ވޯޓާސް ލިސްޓުގައި، ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހާގެ އައިޑީކާޑު ނަމްބަރާއި އެއީ ކާކުކަން ވަކިކޮށް ދެނެގަނެވޭނެ ވަސީލަތެއް ކަނޑައަޅަންޖެހެއެވެ.

އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތައް އިސްލާހުކޮށް އައު ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާއްމުކޮށްފައި ވަނީ އާދީއްތަ ދުވަހުގައެވެ. އެލިސްޓްގައި ބުނެފައިވާ ގޮތުގައި ކުރީގެ ލިސްޓްގައި ނަން ނެތިގެން ހުށަހެޅި ޝަކުވާއާ ގުޅިގެން 4 މީހެއްގެ ނަން ވަނީ ލިސްޓަށް އިތުރުކޮށްފައެވެ. އެޑްރެސް ބަދަލުވެގެން 152 މީހެއްގެ މައުލޫމާތު އިސްލާހުގައި ވެއެވެ. އަދި ނިޔާވެފައިވާ މީހުންގެ ގޮތުގައި ހުށަހެޅުނު ޝަކުވާއަށް ބަލައި 310 މީހެއްގެ ނަން އުނިކޮށްފައިވާކަމަށް ގެޒެޓްގައިވެއެވެ. މީގެއިތުރުން އުފަން ތާރީޚް ބަދަލުވެފައިވާ 2 މީހެއްގެ މައުލޫމާތުވެސް ވަނީ އިސްލާހް ކޮށްފައެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް