ކ. މާލެ
|
4 ޖުލައި 2018 | ބުދަ 14:57
ޕްރޮފެސަރ އުގައިލް: އެހެން ގައުމެއްގެ ރައްޔިތަކަށް ރައީސްކަމަށް ކުރިމަތިނުލެވޭ ގޮތަށް ވަނީ ގާނޫނު ފާސްކޮށްފައި
ޕްރޮފެސަރ އުގައިލް: އެހެން ގައުމެއްގެ ރައްޔިތަކަށް ރައީސްކަމަށް ކުރިމަތިނުލެވޭ ގޮތަށް ވަނީ ގާނޫނު ފާސްކޮށްފައި
ގޫގުލް
ޕްރޮފެސަރ އުގައިލް
ޕްރޮފެސަރ އުގައިލް އިނގިރޭސި ވިލާތުގެ ރަށްވެހިކަން ދޫކޮށްލަނީ
ދިވެހި ރަށްޔިތަކަށް ވީތީ ފަޚުރުވެރިވާ ކަމަށް ވިދާޅުވި
ވަރަށް އަވަހަށް އިނގިރޭސި ވިލާތުގެ ރަށްވެހިކަން ދޫކޮށްލަން ހުށައަޅުއްވާނެ
ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ނުވަނީސް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައި

ފަނަރަ އަހަރު ވަންދެން އިނގިރޭސިވިލާތުގެ ރައްޔިތަކަށް ހުރުމަށް ފަހު ޕްރޮފެސަރ ހަސަން އުގައިލް އެގައުމުގެ ރަށްވެހިކަން ދޫކޮށްލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އުގެއިލް އޭނާގެ ފޭސްބުކް މެދުވެރިކޮށް ވިދާޅުވީ ވަރަށް އަވަހަށް އިނގިރޭސި ވިލާތުގެ ރަށްވެހިކަން ދޫކޮށްލަން ހުށައަޅުއްވާނެ ކަމަށާއި އޭނާ ހުންނަވާނީ ރާއްޖޭގެ ރައްޔިތެއްގެ ގޮތުގައި ކަމަށެވެ. އަދި ދިވެހި ރަށްޔިތަކަށް ވީތީ ފަޚުރުވެރިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އުގެއިލް އިނގިރޭސި ވިލާތުގެ ރަށްވެހިކަން ދޫކޮށްލައްވަނީ ކީއްވެ ކަމެއް ވިދާޅުވެފައިނުވި ނަމަވެސް ބޭރު ގައުމެއް ރައްޔިތުކަން ދޫކޮށްލާތާ 10 އަހަރު ނުވަނީސް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ބުދަ ދުވަހު ވަނީ ގާނޫނު ފާސްކޮށްފައެވެ. އުގެއިލްއަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ބެލެވުނު ބޭފުޅެކެވެ. އަދި މި އިސްލާހަކީ ސީދާ އުގައިލް އަށް އަމާޒުކޮށް ހުށަހެޅި އިސްލާހެއް ކަމަށް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް