ކ. މާލެ
|
4 ޖުލައި 2018 | ބުދަ 10:50
1 ފެބްރުރުއަރީ 2018 ގައި ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ބޭއްވި އެއްވުމެއްގެ ކުރީ ސަފުގައި މަހުލޫފު
1 ފެބްރުރުއަރީ 2018 ގައި ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ބޭއްވި އެއްވުމެއްގެ ކުރީ ސަފުގައި މަހުލޫފު
މުހައްމަދު ޝަރުހާން
އަހުމަދު މަހުލޫފު
އޮންޓާރިއޯގެ ލޯ ސޮސައިޓީގެ ހިއުމަން ރައިޓްސް އެވޯޑަށް މަހުލޫފު ނޮމިނޭޓްކޮށްފި
މި އެވޯޑަށް ނޮމިނޭޓްކޮށްފައި ވަނީ އެމްނެސްޓީ އިންޓަނޭޝަނަލްގެ ތާއީދާ ވެސް އެކު
ޕީޖީއޭ އިން ވަނީ މަހުލޫފަށް ޑިފެންޑަރ އޮފް ޑިމޮކްރަސީ އެވޯޑް ދިނުމަށް ނިންމާފައި

ކެނެޑާގެ މަޝްހޫރު، މޮންޓްރިއަލް އިންސްޓިޓިއުޓް ފޮރ ޖެނޮސައިޑް އެންޑް ހިއުމަން ރައިޓްސް (މިގްސް)ގެ ފަރާތުން އޮންޓާރިއޯގެ ލޯ ސޮސައިޓީގެ 2018 ވަނަ އަހަރުގެ ހިއުމަން ރައިޓްސް އެވޯޑަށް، ގޭ ބަންދުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ނޮމިނޭޓްކޮށްފިއެވެ.

މިގްސްގެ ޑެމޮކްރަސީ ފެލޯ އަކަށްވެސް ޖޫން މަހު ކަނޑައަޅާފައިވާ މަހުލޫފްގެ ނަން މިދިޔަ ހަފްތާގައި މި އެވޯޑަށް ނޮމިނޭޓްކޮށްފައިވަނީ އެމްނެސްޓީ އިންޓަނޭޝަނަލްގެ ތާއީދާއިވެސް އެކުގައެވެ.

ކެނެޑާގެ ސިޓީއެއް ކަމަށްވާ އޮންޓާރިއޯގެ ލޯ ސޮސައިޓީއަކީ އެ ޕްރޮވިންސްގެ ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރުމަށް ވަކީލުން އަމިއްލައަށް އުފައްދާފައިވާ ސޮސައިޓީއެކެވެ.

މަހްލޫފަކީ މިހާރު ވެސް ޑިމޮކްރަސީ ކުރިއަރުވައި، އަދި ރިސާޗު ކުރުމާއި ހައްދު ފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތްކުރާ މިގްސްގެ މިގްސްގެ ފެލޯއެކެވެ. އެހެންކަމުން މިގްސްގެ މަސައްކަތްތަކުގައި ބައިވެރިވުމާއި އިސްކޮށް އުޅުމުގެ ފުރުސަތު މަހުލޫފަށް މިހާރު ވެސް ވަނީ ތަނަވަސްވެފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ކޮރަޕްޝަނާއި ފަސާދަ އާއި ލާއިންސާނީ އަމަލުތައް ހިނގާކަމަށް ތުހުމަތު ކުރައްވައި އެ ކަންކަމާ ދެކޮޅަށް ނުކުންނެވުމުން މަހުލޫފު ވަނީ އެތައް ފަހަރެއްގެ މަތިން ޖަލުގައި ބަންދުކޮށް ޝަރީއަތްތައް ހިންގާފައެވެ. މަހުލޫފު ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކުރައްވާފައެވެ. އެ މައްސަލަ އދ. ގެ ވޯކިންގ ގްރޫޕް އޮން އާބިޓަރަރީ ޑިޓެންޝަނުން ބެލުމަށް ފަހު ނިންމާފައި ވަނީ މަހުލޫފުގެ ބަންދަކީ ނުހައްގުން ކޮށްފައިވާ ބަންދެއް ކަމަށެވެ.

އިންސާނީ ހައްޤުތަކުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅޭ ގޮތުން ޖެނީވާގައި މިދިޔަ މަހު ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ކޭސް ސްޓަޑީއެއްގެ ގޮތުގައި ވެސް މަހްލޫފްގެ މައްސަލަ ވަނީ ނަގާފައެވެ. މަހްލޫފް މިހާރު މިހާރު ވެސް ހުންނެވީ އިތުރު ދައުވާތަކަކާ އެކު ޝަރީއަތް ނިމެންދެން ގޭ ބަންދުގައެވެ. އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 38 ވަނަ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދިޔަ މި އިވެންޓްގައި މަހުލޫފު ބަންދުގައި ހުންނަވާ ހުންނެވުމާ ބެހޭ ގޮތުންނާއި، އޭނާގެ މައްޗަށް ކުރެވިފައިވާ ދައުވާތަކާއި، އަދި އިންސާނީ ހައްޤުތަކުގެ ދިފާޢުގައި މަހުލޫފު ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވާހަކަ ދައްކާފައިވެއެވެ.

މީގެ އިތުރުން ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ވެސް ވަނީ މަހުލޫފަށް ޑިފެންޑަރ އޮފް ޑިމޮކްރަސީ އެވޯޑް ދިނުމަށް ނިންމާފައެވެ.

ޔޫކްރެއިންގެ ކިއޭވްގައި ނޮވެމްބަރު މަހުގެ 16ގައި ބާއްވާ މި ހަފްލާގައި 50 ގައުމަކުން ގާނޫނު ހަދާ މަޖިލީސްތަކުގެ 120 މެމްބަރަކު ބައިވެރިވެ ވަޑައިގަންނަވާއިރު އެވޯޑް ލިބޭ ފަރާތުގެ ހައިސިއްޔަތުން ހަފްލާގައި ތަގްރީރު ކުރެއްވުމުގެ ފުރުސަތު ވެސް މަހުލޫފަށް ދީފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 ޖުލައި 2018 | ބުދަ 06:25
Ali
އައި ސްޓޭންޑް ވިތް މަހުލޫފް.. ދަ ގްރޭޓެސްޓް