ކ. މާލެ
|
4 ޖުލައި 2018 | ބުދަ 03:12
އަހުމަދު މަހުލޫފު
އަހުމަދު މަހުލޫފު
ޕީޕަލް މެގަޒިން
އަހްމަދު މަޙްލޫފު
ޖަލަށް ލިއަސް ފަސްނުޖެހޭނެ ކަމަށާއި ބުދަ ދުވަހު ހުކުމް ކުރާނެ ކަމަށް މަހުލޫފު ވިދާޅުވެއްޖެ
މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ފަހު އަޑުއެހުން ބުދަ ދުވަހަށް ވަނީ ތާވަލުކޮށްފައި

ޝަރީއަތް ނިމެންދެން ގޭ ބަންދު ކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ފަހު އަޑުއެހުން ބުދަ ދުވަހަށް ތާވަލު ކޮށްފައިވާއިރު، އެ އަޑުއެހުމުގައި އޭނާގެ މައްޗަށް ހުކުމް ކުރާނެ ކަމަށާއި ޖަލަށް ލިއަސް ފަސްނުޖެހޭނެ ކަމަށް މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުދަ ދުވަހުގެ އަޑުއެހުމުގައި ހުކުމް ކުރަން ނިންމާފައިވާ ކަން އެގުނީ ވަރަށް ޔާގީންކޮށް ލިބިފައިވާ މައޫލޫމާތުގެ އަލީގައި ކަމަށާއި، ޖަލަށް ލިޔަސް އިސްލާހީ މަސައްކަތުގައި ފަސްނުޖެހި ދެމިހުންނަވާނެ ކަމަށެވެ. މަހުލޫފް އިތުރަށް ވިދާޅުވީ "ޖަލުން ދެން އަންނާނީ ﷲގެ އިރާދަފުޅާއެކު" 23 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ބަލިކުރުމަށްފަހުގައި ކަަމަށެވެ. 

މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ފަހު އަޑުއެހުން ބުދަ ދުވަހަށް ތާވަލުކޮށްފައިވާއިރު އެ މައްސަލާގައި މަހުލޫފުގެ މައްޗަށް އުފުލާފައި ވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާއެވެ. އެ ދައުވާ މަހުލޫފަށް އުފުލާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ސްރީލަންކާގައި ހުންނަވައި މަހުލޫފު ކުރެއްވި ޓުވީޓެއްގައި މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށް ވިދާޅުވެފައި ވާތީއެވެ.

ބުދަ ދުވަހުގެ އަޑުއެހުމާ ގުޅިގެން މަހުލޫފު އަންގާރަ ދުވަހު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދޮގު މައުލޫމާތު އޭނާ ދިނީ ކަރެކްޝަންސްއަށް ކަމަށް ދައުލަތުން ބުނާ ކަމަށާއި ނަމަވެސް އެކަހަލަ ޝަކުވާއެއް ނެތް ކަމަށް ކަރެކްޝަނުން ބުނާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް