ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 22:53
ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު
ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް
ބްރިޖް ނިންމަން ކަނޑައަޅާފައިވާ ތާރީޚަށްވުރެ ކުރިން ނިމުމަކީ ލަސްވުމެއް ނޫން: މުއިއްޒު
ސަރުކާރުން ކުރިން ވަނީ މި މަހުގެ 26 ވަނަ ދުވަހު ބްރިޖް ހުޅުވާނެ ކަމަށް އިއުލާނުކޮށްފައި
ސެޕްޓެމްބަރު މަހުގެ 25އަށްވުރެ އަވަހަށް ނިމޭ ކޮންމެ ދުވަހަކީ އަވަސް ވުމެއް

މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖް ނިންމަން ކަނޑައަޅާފައިވާ ތާރީޚަށް ވުރެ ކުރިން ނިމުމަކީ ބްރިޖް ހުޅުވުން ލަސްވުމެއް ނޫން ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބްރިޖާއި ބެހޭގޮތުން މުއިއްޒު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނިންމަން ކޮންޓްރެކްޓް ކޮށްފައިވާ ތާރީޚަކީ އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަސް ކަމަށެވެ.

އެހެން ނަމަވެސް އެމަސައްކަތް އެއަށް ވުރެ ދެ މަސް ދުވަސް އަވަސްކޮށް ޖުލައި މަހުގެ 26 ގައި ބްރިޖް ހުޅުވާނެ ކަމަށް ކޮންޓްރެކްޓަރ ބުނެފައިވާ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ 25އަށް ވުރެ އަވަހަށް ނިމޭ ކޮންމެ ދުވަހަކީ އަވަސް ވުމެއް ކަމަށާއި ލަސްވުމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މީގެކުރިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ މިހާރު ކުރަމުންދަނީ މައި ތަނބުތަކުގެ ތެރެއިން ޕިއާރ 21 އަދި ޕިއާރ 22 ގެ ސްޓީލް ގާޑަރ ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަސައްކަތް މިމަހުގެ 9 ވަނަ ދުވަހު ނިމޭނެ ކަމަށާއި އެއަށް ފަހު ޖޫން 12 ވަނަ ދުވަހު މައިތަނބާ ސުޓީލް ގާޑާރތައް ގުޅުވާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވެއެވެ.  އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދީފައިވާ އެހީއެކެވެ.  އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 ޖުލައި 2018 | ބުދަ 08:49
ނޫނީ ހަމަ ހޭބަލިވެފަތަ
ކިޔޭއެއްޗެއް އެބަދޭހަވޭތަ، ނޫނީ ހަމަ ހޭބަލިވެފަތަ؟