ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 21:58
ރަސްރަނި ބަގީޗާ ހެދި ސިފައިންނާއި ރައީސް ޔާމީން ބައްދަލުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން، ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު މިމަހުގެ 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި
ރަސްރަނި ބަގީޗާ ހެދި ސިފައިންނާއި ރައީސް ޔާމީން ބައްދަލުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން، ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު މިމަހުގެ 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި
ރައީސް އޮފީސް
ސިފައިންގެ ވަޒީފާ
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
ވަޒީފާއަށް ވަނުމުގެ ފުރުސަތު މިމަހުގެ 02 ވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު މިމަހުގެ 02 ވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން މިމަހު ދެވަނަ ދުވަހު ނެރެފައިވާ އިއުލާން ނަމްބަރު (IUL)28-PM-1/1/2018/43 ގައި ބަޔާންކޮށްފައިވަނީ ޖުމުލަ 10 ދާއިރާއަކުން ސިފައިންގެ އަށް މީހުން ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިގޮތުން އެމްއެންޑީއެފް މެރިންކޯ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިއު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާޑް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް، އަދި ސަޕޯޓް ސަރވިސްއަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއްކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުމާއި ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން އަދި އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި،  އަންހެން: 5 ފޫޓް 3 އިންޗި) ހުރި މީހެއްކަމުގައި ވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ. މި އިއުލާނުގެ ބޭނުމަށް އުމުރުފުރާ ބަލާ ތާރީޚަކީ 31 ޖުލައި 2018 ތާރީޚްކަމަށް މި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާ އަށް އެދޭ ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2018 ޖުލައި 2 ވީ ހޯމަ ދުވަހުން ފެށިގެން 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 14.00 ގެ ނިޔަލަށްކަމާއި ވަޒީފާއަށް އެދޭފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ޖުލައި 10 ވާ އަންގާރަ ދުވަހުން ފެށިގެން 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 14.00 ގެ ނިޔަލަށްކަމަށް ޑިފެންސް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އަދި ސިފައިންގެ ވަޒީފާއަށް އެދޭ ފޯމާއި ކުށުގެ ރެކޯޑް ބަލާފޯމް ރަސްމީގަޑީގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެކަމާއި އަދި އެމްއެންޑީއެފްގެ ވެބްސައިޓުން މި ފޯމްތައް ޑައުންލޯޑު ކުރެވޭނެކަމަށްވެސް މި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ކުށުގެ ރެކޯޑްފޯމް ފުރިހަމަ ކުރައްވާ ހުށަހަޅުއްވަންވާނެކަމަށާއި ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ހުށައަޅުއްވާއިރު، ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން އިންޓަވިއުއަށް ޙާޒިރުވުމަށް އަންގާ ސްލިޕް ގެންދަވަން ޖެހޭނެކަމަށް މި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ސިފައިންގެ ވަޒީފާއާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ފޯނު ނަމްބަރު 3322607 އެކްސްޓެންޝަން: 3153، 3440 އިން އަދި އެމްއެންޑީއެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެކަމަށް ޑިފެންސް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް