ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 18:54
ރޭސިން އެސޯސިއޭޝަންގެ ބޭފުޅުންނާއެކު އިބޫ ފޮޓޯއަކަށް ހުއްޓިވަޑައިގެން
ރޭސިން އެސޯސިއޭޝަންގެ ބޭފުޅުންނާއެކު އިބޫ ފޮޓޯއަކަށް ހުއްޓިވަޑައިގެން
ރައީސް އޮފީސް
ރިޔާސީ ރޭސް 2018
ކެމްޕެއިން ޓީމްތަކާއި ބައްދަލުކުރެއްވުމުގައި އިބޫ އަވަދިނެތި!
މި ބައްދަލުވުންތަކުގައި އެމަނިކުފާނާއެކު އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައި
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްއަކީ އިބޫ
އަންހެނުންގެ ރޫހުގެ މެމްބަރުންނާއި ވެސް އިބޫ ވަނީ ބައްދަލުކުރައްވާފައި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވެސް އެޕާޓީގެ ކެމްޕެއިން ޓީމުތަކާއެކު ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން އެމްޑީޕީއިން ކުރިޔަށް ގެންދާ "ޖަޒީރާ ރާއްޖެ" ކެމްޕެއިން ކުރިޔަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާ ކުރެއްވުމަށް އިބޫ ވަނީ މިއަދު ވެސް މުޅި ދުވަހު އެކި ކެމްޕެއިން ޓީމްތަކާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ދުވަސް ފައްޓަވާފައިވަނީ ރ. އަތޮޅުގެ ކެމްޕެއިން ޓީމާއި އެކީ ކުރެއްވި ބައްދަލުވުމުންނެވެ. އޭގެފަހުން އެމަނިކުފާނު ވަނީ އެމްޑީޕީގެ ޒުވާނުންގެ ހިތްވަރާއި ބައްދަލުކޮށް ކެމްޕެއިން ކުރިޔަށް ގެންދަވާނެ ގޮތަކާއި މެދު މަޝްވަރާ ކުރައްވާފައެވެ.

ހަމައެހެންމެ އެމަނިކުފާނު ވަނީ ގއ. އަތޮޅާއި ފުވައްމުލަކުގައި "ޖަޒީރާ ރާއްޖެ" ކެމްޕެއިން ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. ހަމައެހެންމެ އެމްޑީޕީގެ އެންމެ ވަރުގަދަ ގުނަންގެ ގޮތުގައި ފެންނަ އަންހެނުންގެ ރޫހުގެ މެމްބަރުންނާއި ވެސް އިބޫ ވަނީ ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ރޭސިންގް އެސޯސިއޭޝަނުގެ މެމްބަރުންނާއި ބައްދަލުކުރައްވައި އެ އެސޯސިއޭޝަނުގެ ހިޔާލު ވެސް ހޯއްދަވާފައެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން ޕީޕީއެމްގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ސިމާހް އިބްރާހިމް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެން އޭނާގެ ފޯމް އިބޫއާއި ހަވާލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި އެމަނިކުފާނާއެކު އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މައިގަނޑު ގޮތެއްގައި މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ ކެމްޕޭން ހަރަކާތްތައް ވަރުގަދަކޮށް، ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާއި މެދުގައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ނިންމާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އިބޫ އާއި އެކު ރިޔާސީ އިންތިހާބުގައި ނުކުންނާނީ ޖޭޕީގެ ރަނިންމޭޓެކެވެ. ރަނިންމޭޓަކަށް ނުކުންނާނެ ބޭފުޅެއް ޖޭޕީން ކަނޑައެޅުމާއި އެކު، ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފަށާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓިންތަކުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް