ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 18:05
ޕެޓިޝަން ހުށަހެޅުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ވަހީދު(ވައްޑެ)
ޕެޓިޝަން ހުށަހެޅުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ވަހީދު(ވައްޑެ)
މުހައްމަދު ޝަރުހާން
ަފައިނު އެއަރޕޯޓް
ފައިނުގެ އެއަރޕޯޓް އެޅުމާ ދެކޮޅަށް އެރަށުގެ ރައްޔިތުން ޕެޓިޝަނެއް ހުށަހަޅައިފި
ޕެޓިޝަން ހުށަހެޅީ 140 މީހުންގެ ސޮޔާއިއެކު
ރަށުގެ އާބާދީގެ ބޮޑު ބަޔަކީ ދަނޑުވެރި މަސައްކަތް ކުރާ ފަރާތްތައް

ރ.ފައިނުގެ އެއަރޕޯޓް އެޅުމާ ދެކޮޅަށް އެރަށުގެ ރައްޔިތުން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީއަށް ފެށިޝަން ހުށަހަޅާފައިވަނީ އެރަށުގެ ގާތްގަނޑަކަށް 140 ރައްޔިތުންގެ ސޮޔާއެކުއެވެ. ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ޔުނިވަރސަލް އެންޓަރޕްރައިޒަސް އަށްވެސް ޕެޓިޝަން ވަނީ ހުށަހަޅާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީއަށް ޕެޓިޝަން ހުށަހެޅުމަށް ފަހު ވާހަކަ ދައްކަވަމުން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ވަހީދު(ވައްޑެ) ބުނީ  އެއަރޕޯޓް މަޝްރޫއުއާއި ގުޅިގެން އެއްވެސް މައުލޫމާތެއް ރަށުގެ ރައްޔިތުންނާ ހިއްސާކޮށްފައިނުވާ ކަމަށެވެ. އެކަމާ ރަށުގެ ރައްޔިތުން ކަންބޮޑުވާ ކަމަށާއި އެއަރޕޯޓް އެޅުމުގެ ސަބަބުން ރަށުގެ ދަނޑުބިންތަކެއް ގެއްލިގެންދާ ކަމަށެވެ. ރަށުގައި ވަލެއް އޮތް ނަމަވެސް ރަށުގެ ގިނަ ބަޔަކީ ދަނޑުވެރިކަން ކުރާ ބައެއް ކަމަށާއި ރަށުގެ ގިނަ ރައްޔިތުން ރަށުގެ ވަލުގެ ސަރަހައްދު ނެތިގެންދާ ބޭނުން ނުވާ ކަމަށެވެ.

 

ފައިނުގެ އެއަރޕޯޓް މައްސަލައިގައި ޕެޓިޝަން ހުށަހެޅުން

"އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވޭ، މީ ކިހިނެތް ކޮން ގޮތަކަށް ހިންގާ މަޝްރޫއެއްކަން ރައްޔިތުންނާ ހިއްސާ ނުކޮށް ކޮންޓްރެކްޓްގައި ސޮއި ކުރުމުން.ނަގަނީ ކިހާވަރެއްގެ ބިމެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭންގޭ. އަޅުގަނޑުމެންނަށް އަޑުއިވެނީ ސިޓީ ހޮޓާ ތަކެއް ތަރައްގީ ކުރާ ވާހަކަ.ބައެއް ރައްޔިތުން އެއަރޕޯޓް އެޅުމަށް ތާއީދު ކުރޭ. އެކަމަކު އެހާ ބޮޑު ބިމެއް ގެއްލޭ ކަމަކަށް ގަބޫލެއް ނުކުރޭ." ވައްޑެ ބުންޏެވެ.

ރ.ފައިނުގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ހާމަކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެރަށުގެ އެއަރޕޯޓްގެ މަސައްކަތްތައް ކުރާނީ އައިލެންޑް އޭވިއޭޝަނުން ނަގާ ލޯނާއި ބައެއް ރިސޯޓްތަކުގެ އެހީގައި ކަމަށެވެ. އެރަށުގައި 1.2 ކިލޯ މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައިވާ އިރު އެރަށުގައި އެއަރޕޯޓާއި އެކު ސިޓީ ހޮޓަލެއް ތަރައްގީ ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެއަރޕޯޓްގެ މަޝްރޫއުއަށް ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް