ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 17:23
ޝަރީއަތަަށް މަހުލޫފު ކޯޓަށް ހާޒިރު ކުރި ވަގުތު އޭނާގެ ވަކީލު ނާޒިމް އަބްދުއްސަތާރާއި އަލީ ހުސައިން އޭނާގެ އަރިހުގައި
ޝަރީއަތަަށް މަހުލޫފު ކޯޓަށް ހާޒިރު ކުރި ވަގުތު އޭނާގެ ވަކީލު ނާޒިމް އަބްދުއްސަތާރާއި އަލީ ހުސައިން އޭނާގެ އަރިހުގައި
މުހައްމަދު ޝަރުހާން
މަހުލޫފުގެ ޝަރީއަތް
މަހުލޫފު ކުރެއްވި ޓްވީޓާ ގުޅިގެން އުފުލި ދައުވާގެ ފަހު އަޑުއެހުން މާދަމާ
ޓްވީޓު ކުރެއްވީ ގައިދީން މަރުވާތީ އެކަމާ ކަންބޮޑުވެ

ޝަރީއަތް ނިމެންދެން ގޭ ބަންދު ކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ފަހު އަޑުއެހުމް މާދަމާއަށް ތާވަލު ކޮށްފިއެވެ.

އެ މައްސަލާގައި މަހުލޫފުގެ މައްޗަށް އުފުލާފައި ވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާއެވެ. އެ ދައުވާ މަހުލޫފަށް އުފުލާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ސްރީލަންކާގައި ހުންނަވައި މަހުލޫފު ކުރެއްވި ޓުވީޓެއްގައި މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށް ވިދާޅުވެފައި ވާތީއެވެ.

މަހުލޫފު ކުރެއްވި އެ ޓްވީޓުގައި އިތުރަށް ބުނެފައި ވަނީ އެކަށީގެންވާ ފަރުވާ ނުދީ ގައިދީން މަރަނީ ކަމަށާއި އަހަރެއްގެ ތެރޭގައި 10 ގައިދީން މަރުވުމުން އެއީ ސީރިއަސް މައްސަލައެއް ކަމަށެވެ.

މާދަމާ ބާއްވާ އަޑުއެހުމާ ގުޅިގެން މަހުލޫފު އަންގާރަ ދުވަހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ދޮގު މައުލޫމާތު އޭނާ ދިނީ ކަރެކްޝަންސްއަށް ކަމަށް ދައުލަތުން ބުނާ ކަމަށާއި ނަމަވެސް އެކަހަލަ ޝަކުވާއެއް ނެތް ކަމަށް ކަރެކްޝަނުން ބުނާ ކަމަށެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ މަހްލޫފަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވެސް އެ މައްސަލައިގެ ފަހު އަޑުއެހުން ބާއްވަން ނިންމުމަށް ފަހު ވަނީ ކެންސަލް ކޮށްފައެވެ. ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލަން ތާވަލުކޮށްފައިވާއިރު، ހުލާސާ ބަޔާން އިއްވާ ދުވަހު ކްރިމިނަލް ކޯޓުން ބައެއް ދުވަސް ދުވަހު ހުކުމް ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
3 ޖުލައި 2018 | އަންގާރަ 15:47
Wase
Saabas