ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 16:13
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ޕްރެސް ކޮންފަރެންސް ދެއްވަނީ
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ޕްރެސް ކޮންފަރެންސް ދެއްވަނީ
ރާއްޖެ އެމްވީ
ޖުމްހޫރީ ޕާޓީ
ރަނިންގ މޭޓެއް ކަނޑައަޅާނީ މިމަހު 10 ގައި:ޖޭޕީ
ޖޭޕީން ކަންކަން ނިންމާނީ ޖޭޕީގެ އަސާސީ ޤަވާއިދާ އެއްގޮތައް ޕާޓީން
އެހެން ޕާޓީއަކަށް ޖޭޕީއިން ކަންކުރާނެ ގޮތެއް ނޭންގޭނެ
ރަނިންގ މޭޓެއް ނެގުމުގެ ކަންކަމުގައި ކޯލިޝަނާ ދަނީ މަޝްވަރާ ކުރަމުން

ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ވާދަކުރާނެ ރަނިންގ މޭޓް ކަނޑައަޅާނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ރަނިންގ މޭޓެއް ނެގުން ޖުމްހޫރީ ޕާޓީއާ ހަވާލުކޮށްފައިވާއިރު އެކަން ލަސްވެފައިވާކަމަށް ވާހަކަ ދެކެވެމުން ދަނިކޮށް ޖުމްހޫރީ ޕާޓީން އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ރަނިންގ މޭޓެއް ނެގުމުގެ ކަންކަން ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް ދެފުށްފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދަވާނެ ކަމަށާއި ކަނޑައެޅިފައިވާ މުއްދަތުގައިވެސް އެކަންކޮށް ނިންމަވާނެ ކަމަށެވެ.

ސަމީރު  ވިދާޅުވީ ޖުމްހޫރީ ޕާޓީން ކަންކަން ނިންމާނީ ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވާއިދާއި ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ޖުމްހޫރީ ޕާޓީން ކަމަށާއި ޖުމްހޫރީ ޕާޓީއަށް ވަކި ގޮތަކަށް ކަންކުރާކަށް އެހެން ޕާޓީއަކަށް ނޭންގޭނެ ކަމަށެވެ. އެގޮތުން ރަނިންގ މޭޓަކު ނެގުމުގެ ކަންކަމުގައިވެސް ޢަމަލު ކުރާނީ އެގޮތަށް ކަމަށާއި ނަމަވެސް ގުޅިފައިވާ ކޯލިޝަންގެ މަޝްވަރާ އެކަމުގައި ބޭނުން ކުރައްވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ވަކިގޮތަކަށް ކަންކުރާކަށް އެއްވެސް ބަޔަކަށް ނޭންގޭނެ. އެކަމަކު ރަނިންގ މޭޓަކު ނެގުމުގެ ކަންކަމުގައި ކޯލިޝަންގެ މަޝްވަރާއަށް ބަލާނަން. ރަނިންގ މޭޓެއް ނެގުމުގެ ކަންކަން މިމަހު 10 އަށް ވަނީ ލަސްކުރެވިފައި" ސަމީރު ވިދާޅުވިއެވެ.

ރަނިންގ މޭޓަކު ނެގުން ލަސްވި ސަބަބެއް ކަމުގައި ސަމީރު ވިދާޅުވީ ޕާޓީގެ އެތެރޭގައި ކުރަން ޖެހޭ ބައެއް ކަންކަން ކުރުމަށް ކަމަށާއި އެކަންކަމުގެ ތެރޭގައި ޤާނޫނީ ގޮތުން ކުރަން ޖެހޭ ބައެއް ކަންކަންވެސް ހުރިކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ރަނިންގ މޭޓް ނެގުމުގެ ކަންކަމުގައި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނާއެކު ކުރަން ޖެހޭ މަސައްކަތްތައްވެސް އެބަހުރި ކަމަށާއި އެކަމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދާކަމަށެވެ.

"އެތެރޭގައި ކުރަން ޖެހޭ ކަންތައްތަކެއް ހުރޭ. އެކަމަށް އިއުލާން ކުރަން ޖެހޭ. ކައުންސިލަށް ގެންގޮސް ކައުންސިލުން އެކަން ފާސްކުރަން ޖެހޭނެ. މިކަހަލަ ބައެއް ކަންކަމާ އިދާރީ ބައެއް ކަންކަން ފުރިހަމަ ކުރަން ޖެހޭތީ ވަގުތު ބޭނުންވަނީ. އަދި ކޯލިޝަން އެތެރޭގައި ދައްކަން ޖެހޭ ވާހަކަ ދައްކަން ޖެހޭތީ އެކަން ކުރަމުން މިދަނީ" ސަމީރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް