ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 11:16
އިންޑިއާގެ ޖީޖީ ހޮސްޕިޓަލް--
އިންޑިއާގެ ޖީޖީ ހޮސްޕިޓަލް--
މުހައްމަދު ޝަރުހާން
އިންޑިއާ
އިންޑިއާގެ ހޮސްޕިޓަލެއްގައި އޮޅިގެން ދިވެހި ކުއްޖެއްގެ ނުބައި ފައި އޮޕަރޭޝަން ކޮށްފި
ގިނަ ބައެއްގެ ފާޑުކިއުން އެހޮސްޕިޓަލަށް މިހާރު ވަނީ ކުރިމަތިވެފައި
އޮޕަރޭޝަން ކޮށްފައިވަނީ އއ. ތޮއްޑޫ އަށް ނިސްބަތްވާ 12 އަހަރުގެ އަންހެން ކުއްޖެއް

އިންޑިއާގެ ހޮސްޕިޓަލެއްގައި ދިވެހި ކުއްޖެއްގެ އޮޕަރޭޝަން ކުރަން ޖެހޭ ފައި ނޫން އަނެއް ފައި އޮޕަރޭޝަން ކުރި މައްސަލަ ފެންމަތިވެއްޖެއެވެ.

ޓްރެވެންޑްރަމްގައި ހުންނަ ޖީޖީ ހޮސްޕިޓަލްގައި މިހާދިސާ ހިނގާފައިވާއިރު ގިނަ ބައެއްގެ ފާޑުކިޔުން އެހޮސްޕިޓަލަށް މިހާރު ވަނީ އަމާޒުވެފައެވެ.

އުމުރުން 12 އަހަރުގެ މިކުޑަކުއްޖާގެ ބައްޕައަކީ އއ. ތޮއްޑޫ މީހެކެވެ. ނަމަވެސް މަންމައަކީ އިންޑިއާ ރައްޔިތެކެވެ. 

އޮޕަރޭޝަން ކުރި ކުއްޖާގެ މަންމަ ކަންބޮޑުވުން ފާޅުކޮށް އިންޑިއާގެ މީޑިއާތަކަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އޮޕަރޭޝަން ކުރަންޖެހޭ ފައި ނޫން އަނެއް ފައި އޮޕަރޭޝަން ކުރީ އެހޮސްޕިޓަލުގެ ފަރުވާކުޑަކަމުން ކަމަށެވެ. އޮޕަރޭޝަން ކުރީ ނުބައި ފައިކަން އެނގުނީ އެކުއްޖާ ބުނުމުން ކަމަށެވެ.

ތޮއްޑޫއަށް ނިސްބަތްވާ 12 އަހަރުގެ މިކުޑަކުއްޖާގެ ވާތުފައި އޮޕަރޭޝަން ކުރަން ނިންމީ ފައިގެ ލިގަމަންޓް ހަލާކުވެފައިވާތީ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. މިކުއްޖާގެ ފައި އޮޕަރޭޝަން ކުރަން 2 ޖުލައިގައި އެޑްމިޓްކޮށްފައިވާއިރު އޮޕަރޭޝަން ކުރީ 3 ޖުލައިގައެވެ.

އެކުއްޖާގެ މަންމަ ބުނީ މިއޮޕްރޭޝަނަށް އެއް ލައްކަ ފަންސާސް ހާސް ރުޕީޒް ހަރަދުވާނެ ކަމަށް ހޮސްޕިޓަލުން ލަފާކޮށްފައިވާތީ އޮޕަރޭޝަން ކުރީ ވެސް އާސަންދައިން ފައިސާ ހަމަޖެހުމުން ކަމަށެވެ.

މިހާދިސާ ހިނގުމާ ގުޅިގެން ޖީޖީ ހޮސްޕިޓަލުން ވަނީ މާފަށް އެދިފައެވެ. އަދި ނޫސްތަކުން ބުނެފައި ވަނީ އެކަން ސިއްރުކޮށްދޭން އާއިލާގެ ކިބައިން ހޮސްޕިޓަލުން އެދުނު ކަމަށެވެ. މި މައްސަލަ ފެންމަތިވުން ބަޔަކު ވަނީ ހޮސްޕިޓަލް ކައިރި އަށް އެއްވެ އަޑު ވެސް އުފުލާފައެވެ. ކަމާ ބެހޭ ފަރާތްތަކުން މިހާރު ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް