ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 08:08
ޤާނޫނީ ވަކީލުންތަކެއް: ދައުލަތުން ވަކީލުން ހަމަޖައްސައިދޭ އުސޫލަށް ވަނީ ބަދަލު ގެނެސްފައި
ޤާނޫނީ ވަކީލުންތަކެއް: ދައުލަތުން ވަކީލުން ހަމަޖައްސައިދޭ އުސޫލަށް ވަނީ ބަދަލު ގެނެސްފައި
މުހައްމަދު ޝަރުހާން
ވަކީލުން ހަމަޖެއްސުން
ދައުލަތުން ވަކީލުން ހަމަޖެއްސައިދިނުމުގައި ބަލާ މިންގަނޑު ލުއިކޮށްފި
ދިރިއުޅޭ ތަނުގެ ކުއްޔަށް ދައްކަންޖެހޭ އަދަދުގެ ނިސްބަތަށް ބަލައި، ކުރިން ދެމުން އައި މިންވަރަށް ވުރެ ޕޮއިންޓް އިތުރުވާނެ
ކައިވެންޏެއް ނުކޮށް ހުރި މީހެއް ނަމަ ލިބޭ ޕޮއިންޓްގެ އަދަދުވެސް ވަނީ އިތުރު ކޮށްފަ

ދައުލަތުގެ ޚަރަދުގައި ވަކީލުން ހޯދައިދިނުމަށް މާލީ ހާލަތު ވަޒަން ކުރާ މިންގަނޑު ލުއި ކޮށްފިއެވެ.

މާލީ ތަނަވަސްކަން ނެތް މީހުން ކަނޑައަޅަނީ އެކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލެއްގެ ދަށުން، އެ މީހެއްގެ ދިރިއުޅުމުގެ ހާލަތާއި ކުރަންޖެހޭ ޚަރަދުތަކަށް ބަލައި، ޕޮއިންޓް ދިނުމަށް ފަހު އެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި ހޯމަ ދުވަހު ޢާއްމުކޮށްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ކައިވެނީގެ ހާލަތާއި ދަރިންގެ އުމުރަށާއި ދިރިއުޅޭ ތަނުގެ ކުއްޔަށް ދައްކަން ޖެހޭ މިންވަރުގެ ނިސްބަތުން ލިބޭ ޕޮއިންޓް ވަނީ އިތުރުކޮށްފަ އެވެ.

"ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު" އަށް ގެނެސްފައިވާ 1 ވަނަ އިސްލާހުގައި ބުނެފައިވާ ގޮތުގައި އަށާރަ އަހަރު ނުވާ ދަރިން ތިބި ނަމަ އެ ކުދިންގެ އުމުރަށް ބަލައި، ލިބޭ ޕޮއިންޓް ވެސް އިތުރުވާނެއެވެ.

ހޯމަދުވަހުން ފެށިގެން އަމަލް ކުރަން ޖެހޭ އެޤަވާއިދުގައި ވަނީ ކައިވެންޏެއް ނުކޮށް ހުރި މީހެއް ނަމަ ލިބޭ ޕޮއިންޓްގެ އަދަދުވެސް އިތުރު ކޮށްފައެވެ. އެ އިސްލާހުގައި ވަނީ އެފަދަ މީހަކަށް އެއް ޕޮއިންޓް ދޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ކައިވެނި ކޮށްގެން ތިބި މީހުންނަށް ކުރިން ދޭ އެއް ޕޮއިންޓްގެ ބަދަލުގައި 1.5 ޕޮއިންޓް ދޭ ގޮތަށް ވަނީ އިސްލާހު ކޮށްފަ އެވެ.

އަދި ދިރިއުޅޭ ތަނުގެ ކުއްޔަށް ދައްކަންޖެހޭ އަދަދުގެ ނިސްބަތަށް ބަލައި، ކުރިން ދެމުން އައި މިންވަރަށް ވުރެ ޕޮއިންޓް އިތުރުވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް