ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 23:52
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލީސް
މަސީހު ރިޔާސަތުގައި އިންނަވާ ޖަލްސާއެއްގައި ބައިވެރިއެއް ނުވާނަން: ރޮޒައިނާ
މަޖިލީހަށް ވަނަނުދީ ހިފަހައްޓާފައި ތިއްބެވި 12 މެންބަރުން މަޖިލީހަށް ވަދެވޭ ގޮތް ހައްދަވާ

އަންގާރަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ހަވަނަ ޖަލްސާއަށް ކިތަންމެހާވެސް ދާން ބޭނުންވާ ކަމަށާއި ނަމަވެސް ޖަލްސާގައި ބައިވެރި ވެވޭނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ޖަލްސާގެ ރިޔާސަތުން ފައިބާވަޑައިގެންނެވުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާ މަޖިލީހުގެ އިދާރާއިން ހޯމަ ދުވަހުގެ ރޭ ރޮޒައިނާއަށް ފޮނުވާފައިވާ މެސެޖަށް ރައްދު ދެއްވާ ރޮޒައިނާ ކުރެއްވި ޓްވީޓްގައި ވަނީ މަސީހު ޖަލްސާގެ ރިޔާސަތުން ފައިބާ، މަޖިލީހަށް ވަދެވުނަ ނުދީ ހިފަހައްޓާފައި ތިއްބެވި 12 މެންބަރުން މަޖިލީހަށް ވަދެވޭ ގޮތް ހައްދަވައިދެއްވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ހޯމަދުވަހުގެ ޖަލްސާގައި މުހިއްމު ތިން ބިލެއް ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން ނެތް ކަމަށް ބުނެ މަސީހު ވޯޓަށް އަހަން ދެކޮޅު ހައްދަވާފައިވުމުން އަންގާރަ ދުވަހުގެ ޖަލްސާއަށް ވަޑައިގަތުމަށް އިލްތިމާސް ކޮށްފައި ވީނަމަވެސް މަސީހު ރިޔާސަތުގައި އިންނަވާ ޖަލްސާއަކަށް ވަޑައި ނުގަންނަވާނެ ކަމަށެވެ.

އެބޭފުޅުން ކޮމިޓީތަކަށް ވަޑައިގަންނަވަނީ އެލަވަންސް ހޯއްދަވަން ކަމަށް ވިދާޅުވެ ޕީޕީއެމްގެ މެންބަރުން ވާހަކަ ދެއްކެވި ނަމަވެސް ހަގީގަތަކީ އެބޭފުޅުން ކޮމިޓީގައި ބައިވެރިވަނީ އެބޭފުޅުން ތަމްސީލު ކުރަމުންދާ ދާއިރާތަކުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަންކަން ކޮށްދިނުމަށް ކަމަށެވެ.

އިންތިޚާބުތަކާއި ބެހޭ ގާނޫނާށް އެބޭފުޅުން ހުށަހެޅި އެއްވެސް އިސްލާހެއް ކޮމިޓީން ބަލައި ނުގަންނަ ކަމަށާއި އެ އިސްލާހުތަކަކީ ރަނގަޅަށް ކިޔާ މުރާޖަޢާކުރުމަށް ފަހު ހުށަހެޅި އިސްލާހު ތަކެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ނަމަވެސް އެ އިސްލާހުތައް ވެރިކަން ކުރާ ޕާޓީގެ ބޭފުޅުން ބައްލަވާވެސް ނުލައްވާ އެ ބިލް ވެސް ބޭރުކޮށްލިކަން ރޮޒައިނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރޮޒައިނާ ވިދާޅުވީ އިދިކޮޅު މެމްބަރުންނަކީ ޕީޕީއެމްއިން ބޭނުންވާ ގޮތަކަށް އެއްޗެއް ނެރުމުން ރަބަރ ސްޓޭމްޕް ޖަހަން ތިބޭ ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް