ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 19:40
ޑިސެމްބަރ 2017 އިން ފެށިގެން އިރާނުގެ 40 ސަރަހައްދަކަށް ފެނުގެ ދަތިކަންވަނީ ކުރިމަތިވެފައި
ޑިސެމްބަރ 2017 އިން ފެށިގެން އިރާނުގެ 40 ސަރަހައްދަކަށް ފެނުގެ ދަތިކަންވަނީ ކުރިމަތިވެފައި
ރޮއިޓަރސް
އިރާނުގެ ފެނުގެ ދަތިކަން
ފެނުގެ ދަތިކަމާއި ފެން ތަޣައްޔަރުވުމާއި ގުޅިގެން އިރާނުގައި މުޒާހަރާކުރަނީ
މުޒާހަރާކުރި ފަރާތްތަކުންވަނީ ޑަސްބިންތަކާއި ވެހިކަލްތަކުގައި ހުޅުޖަހާފައި
ފެނުގެ ދަތިކަމުގެ އިތުރުން ވަޒީފާ ނެތުމުގެ މައްސަލަވެސްް ބޮޑު

ފެނުގެ ދަތިކަމާއި، ފެން ތަޣައްޔަރުވުމާއި ގުޅިގެން އީރާނުގައި މުޒާހަރާކުރަމުންދިޔަ ފަރާތްތަކާއި ސަލާމަތީ ބާރުތަކާއިދެމެދު ކުރިމަތިލުންތައް ހިނގައިފިކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

ސަލާމަތީ ބާރުތަކާއި ކުރިމަތިލުންތައް ހިނގާފައިވަނީ މުޒާހަރާކުރި ފަރާތްތަކާއި ދެކޮޅަށް ކާކުކަން ނޭނގޭ މީހަކު ރޭގަނޑުގެ ވަގުތެއްގައި ހަމަލާތަކެއް ދިންތާ އެއްދުވަސްފަހުންނެވެ.

އިރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި އޮންނަ ޚޮއްރަމްޝަރުގެ ދެކުނުން އޮންނަ އަބަދަން ގައި ކުރިޔަށްދާ މުޒާހަރާތަކުގެ ތެރެއަށް ހޮނިހިރު ދުވަހުގެ ރޭ ވަނީ ބަޑިހިފައިގެންހުރި މީހަކުވަދެ ހަމަލާދީ 11 މީހުން ޒަޚަމްކޮށްލާފަކަމަށް އޮފިޝަލުން ބުނެއެވެ.

އާދީއްތަ ދުވަހުވެސް އެ ސަރަހައްދުގައި މުޒާހަރާކޮށްފައިވާއިރު އެ މުޒާހަރަތަކުގައި ބައިވެރިވަނީ ކިހާއަދަދެއްގެ ބައެއްކަމެއް އީރާނުގެ ދައުލަތުގެ މީޑިއާ، އައިއާރްއެންއޭއިން ބުނެފައެއް ނުވެއެވެ. ނަމަވެސް ބުނެފައިވަނީ އަމަންނަގާލަމުން ދިޔަ ބައެއްގެ އެއްވުން ސަލާމަތީ ބާރުތަކުން ރޫޅާލާފައިވާކަމަށެވެ.

ދައުލަތުގެ މީޑިއާއިން ބުނެފައިވާގޮތުގައި ފެނުގެ ހާލަތު ދަށްވުމާއި ގުޅިގެން މުޒާހަރާކުރި ފަރާތްތަކުންވަނީ ހަތިޔާރު ބޭނުންކޮށް ޑަސްބިންތަކާއި އެއްގަމުއުޅަނދުފަހަރުގައި ހުޅުޖަހާފައެވެ.

އިތުރު ބަޔަކަށް ހާނީއްކަ ވީކަމަށް ރިޕޯޓްކޮށްފައި ނުވިނަމަވެސް އެ އެޖެންސީން ބުނެފައިވާގޮތުގައި ޚުޒެސްތާން ޕްރޮވިންސްގެ ދެ ސިޓީއެއްގައި ފެން ތަޣައްޔަރުވުމާއި ގުޅިގެން ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި އެތައް މުޒާހަރާތަކެއްވަނީ ކޮށްފައެވެ.

ޚުޒެސްތާނަކީ 1980 އިރާނާއި އީރާގާއި ދެމެދުކުރި އަށް އަހަރުގެ ހަނގުރާމައިގައި ސުންނާފަތިވެ ވައިނުސާފުމާއި ހަނަފަސްކަން ތަހައްމަލްކުރަން ޖެހިފައިވާ ޕްރޮވިންސެކެވެ. އިރާގުން އެ ހަނގުރާމަކޮށްފައިވަނީ އެމެރިކާގެ މަދަދާއިއެކުއެވެ.

ޚުޒެސްތާނުގެ އާބާދީގެ ބޮޑުބަޔަކީ އަރަބިންކަމަށްވާއިރު އެމީހުންނާއިމެދު ރަސްމީކޮށް ތަފާތުކުރުންތައް ގެންގުޅޭކަމުގެ ޝަކުވާއަކީ ޒަމާންވީ ޝަކުވާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް