ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 17:08
އެމްޑީޕީ އޮފީހުގައި އެމްޑީޕީގެ ކެމްޕޭން ޓީމްތަކާއި އިބޫ ބައްދަލުކުރައްވަނީ
އެމްޑީޕީ އޮފީހުގައި އެމްޑީޕީގެ ކެމްޕޭން ޓީމްތަކާއި އިބޫ ބައްދަލުކުރައްވަނީ
ޓްވިޓަރ
ރިޔާސީ ރޭސް 2018
ކެމްޕެއިން އޮނިގަނޑު އެކުލަވާލުމަށް، ކެމްޕެއިން ކޮމެޓީތަކާއި އިބޫ ބައްދަލުކުރައްވަނީ
ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ކެންޑިޑޭޓަކަށް އިބޫ ކަނޑައެޅުމުން އެ ޕާޓިން ވަނީ މަރުޙަބާ ދަންނަވައިފަ
ގުޅިފައިވާ ޕާޓީތަކުން ތާއީދުކުރީ އިބޫއަށް
މި މަހުގެ ފަނަރައިގައި އިންތިހާބަށް ކުރިމަތިލާން އިއުލާން ކުރާނެ

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަ ކުރުމުގެ ގޮތުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަތޮޅުތެރޭގެ ރަށްތަކުގެ ކެމްޕޭން ޓީމްތަކާއި ބައްދަލު ކުރައްވަން ފައްޓަވައިފިއެވެ.

ހޯމަ ދުވަހު އެމްޑީޕީ އޮފީހުގައި ގދ. ތިނަދޫ އާއި، އިހަވަންދޫ އާއި، ގއ. ވިނލިގިލީގެ އިތުރުން ފ. މަގޫދޫގެ ކެމްޕެއިން ޓީމްތަކާއި އިބޫ ވަނީ ބައްދަލު ކުރައްވައިފައެވެ. މައިގަނޑު ގޮތެއްގައި މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ ކެމްޕޭން ހަރަކާތްތައް ވަރުގަދަކޮށް، ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާއި މެދުގައެވެ.

އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އިން އިބްރާހިމް މުހައްމަދު ސޯލިހު އެ ޕާޓީގެ ކެނޑިޑޭޓަކަށް އިންތިހާބު ކުރީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއް ނެތިދާނޭ ކަމުގެ ކަންބޮޑުވުމަށް އިޖާބަދެއްވުމުގެ  ގޮތުން، އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި 43,922 ވޯޓުން ހޮވާފައިވާ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދު، ކެންޑިޑެސީ ދޫކޮށްލެއްވުމަށް ނިންމެވުމާއިގުޅިގެންނެވެ.  އޭރު އެމްޑީޕީން ވަނީ "ޖަޒީރާ ރާއްޖެ"ގެ ނަމުގައި ކެމްޕެއިން ހަރަކާތްތައް ފަށާފައެވެ.

އެހެންކަމުން ހޯމަ ދުވަހު އިބޫ ވަނީ "ޖަޒީރާ ރާއްޖެ"ގެ ކެމްޕެއިން ޓީމުގެ ބައެއް މެންބަރުންނާއި ބައްދަލުކޮށް، ކެމްޕެއިން ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ނިންމާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އިބޫ އާއި އެކު ރިޔާސީ އިންތިހާބުގައި ނުކުންނާނީ ޖޭޕީގެ ރަނިންމޭޓެކެވެ. ރަނިންމޭޓަކަށް ނުކުންނާނެ ބޭފުޅެއް ޖޭޕީން ކަނޑައެޅުމާއި އެކު، ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފަށާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓިންތަކުން ވަނީ ބުނެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް