ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 11:14
ރައީސް ޔާމިން ފުރައިވަޑައިގަތީ މިއަދު ހެނދުނު
ރައީސް ޔާމިން ފުރައިވަޑައިގަތީ މިއަދު ހެނދުނު
ރައީސް އޮފީސް
ރައީސްގެ ދަތުރުފުޅު
ރައީސް ޔާމިން ށ. އަތޮޅަށް ފުރާވަޑައިގެންފި
ރައީސްގެ މިދަތުރުފުޅުގައި ށ. އަތޮޅުގެ ރަށްތަކުގައި ހިންގާފައިވާ މަޝްރޫއުތައް ރަސްމީކޮށް ހުޅުވައިދެއްވާނެ
މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ އަބްދުލްﷲ ޔާމިން އަބްދުލްގައްޔޫމް ށ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމިންގެ މި ދަތުރުފުޅުގައި ށ. ބިލަތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށާއި، ށ. ކަނޑިތީމު ބަނދަރު ހުޅުވައިދެއްވުމަށާއި، ށ. ފުނަދޫ އެއަރޕޯޓް ބިންހިއްކުމުގެ މަސައްކަތް ނިމުން ފާހަގަކުރުމާއި، ރަންވޭ އެޅުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށާއި، ށ. މިލަންދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ދިނުން ރަސްމީކޮށް ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް