ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 10:17
ވާތުފިޔައިގެ އަންދްރެސް މެނުއެލް ލޮޕެޒް އޮބްރާދޯ
ވާތުފިޔައިގެ އަންދްރެސް މެނުއެލް ލޮޕެޒް އޮބްރާދޯ
ބީބީސީ
މެކްސިކޯގެ ރިޔާސީ އިންތިޚާބު
މެކްސިކޯގެ ރިޔާސީ އިންތިޚާބުގެ ކުރީގައި ވާތުފިޔައިގެ ކެނޑިޑޭޓް އޮބްރާދޯ
ފުރަތަމަ ރަސްމީ ނަތީޖާ ލިބޭނެ ކަމަށް ބެލެވެނީ ޖީއެމްޓީ ގަޑިން 4:00 ގައި
ކެމްޕެއިންގެ ނުވަ މަސްދުވަހު 132 އަށް ވުރެ ގިނަ ކެނޑިޑޭޓުން ވަނީ މަރާލާފައި

މެކްސިކޯގެ ރިޔާސީ އިންތިޚާބު ނަތީޖާ ދައްކާ ގޮތުން ވާތުފިޔައިގެ އަންދްރެސް މެނުއެލް ލޮޕެޒް އޮބްރާދޯ ވޯޓުގައި ސާފު މިންވަރަކަށް ކުރި ހޯއްދަވައިފިއެވެ.

ވޯޓުގެ ކުރީގައި އުޅުއްވާ މެކްސިކޯ ސިޓީގެ ކުރީގެ މޭޔަރ ވޯޓްގެ53%  ހޯއްދަވާނެ ކަމަށް ޕަރަމެޓްރިއާ އިން ހެދި ސަރވޭއެއްގައި ބުނެފައިވެއެވެ. މިހާތަނަށް ގުނި ވޯޓުން އެންމެ ކުރީގައި އޮތީ ވާތުފިޔައިގެ އަންދްރެސް މެނުއެލް ލޮޕެޒް އޮބްރާދޯއެވެ.

ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް ހޯސޭ އެންޓޯނިއޯ މިދް ވަނީ އޮބްރާދޯ އިންތިޚާބު ކާމިޔާބުކުރައްވާފައިވާ ކަމަށް ވިދާޅުވެ މަރުހަބާ ވިދާޅުވެފައެވެ.

އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އިންސްޓިޓިއުޝަނަލް ރިވޮލިއުޝަނަރީ ޕާޓީ (ޕީއާރުއައި)އަކީ ވޭތުވެ ދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގެ ސިޔާސީ ކަންކަމުގެ ބޮޑުބައެއް ކޮންޓްރޯލް ކޮށްފައިވާ ޕާޓީއެވެ.

ކޮންޒަވެޓިވް ނޭޝަނަލް އެކްޝަން ޕާޓީ (ޕީއޭން)ގެ ކެނޑިޑޭޓް ރިކާޑޯ އަނާޔާ ވެސް ވަނީ އިންތިޚާބުގެ ބަލި ގަބޫލުކުރައްވައި ލޮޕޭޒް އޮބްރާދޯއަށް މަރުހަބާ ވިދާޅުވެފައެވެ. ފުރަތަމަ ރަސްމީ ނަތީޖާ ލިބޭނެ ކަމަށް ބެލެވެނީ ޖީއެމްޓީ ގަޑިން 4:00 ގައެވެ.

އާދީއްތަ ދުވަހު ބޭއްވި އިންތިޚާބަކީ ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި އެންމެ ބޮޑު ލޭއޮރުވުމެއް ހިނގި ކެމްޕެއިނެވެ. ރިޔާސީ އިންތިޚާބުގެ އިތުރުން ފެޑެރަލް، ސްޓޭޓް އަދި މުނިސިޕަލް އިންތިޚާބުތަކެއް ބާއްވާފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ކެނޑިޑޭޓުން އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ.

 

 

- ކޮމެންޓް