ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 07:50
ޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މުހައްމަދު ޝަރުހާން
އެމްއެމްއޭ ސާވޭ
ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާރވޭ ޖުލައި 13ގައި ފަށަނީ
ސާވޭ ކުރިއަށްދަނީ ޖުލައި 13 އިން 20 ވަނަ ދުވަހަށް
ސާވޭ ކުރިއަށްގެންދަނީ އޯފް-ޕީކް ދުވަސްވަރު

ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކޮންމެ ބާއްވާ ސާވޭ ޖުލައި 13 ގައި ފެށުމަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާރވޭ" ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މި އަހަރު އޯޕް-ޕީކް ސީޒަންއަށް އަމާޒުކޮށްގެންނެވެ. އެގޮތުން އޯފް-ޕީކް ސީޒަންގެ ސާރވޭ، ޖުލައި 13 އިން 20 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި، ކުރިއަށްގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މި ސާރވޭގައި ދަތުރުގެ މައިގަނޑު މަގްސަދު، ދަތުރު ކުރި ގައުމު، ޓިކެޓުގެ ހަރަދު، ކެއުމާއި ހުރުމުގެ ހަރަދު، ބޭސް ފަރުވާއަށް ކުރެވުނު ހަރަދު އަދި ދަތުރުފަތުރަށް ހޭދަވި ހަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ހަރަދުގެ މައުލޫމާތު ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ ޒާތީ އެއްވެސް މައުލޫމާތެއް މި ސާރވޭގައި އެކެއް ނުކުރެވޭނެ ކަމަށާއި އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ދޭކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

ސާރވޭ ކުރެވޭ މުއްދަތުގައި، ދުވާލާއި ރޭގަނޑުގެ ޝިފްޓްތަކަށް ބަހާލައިގެން އެމްއެމްއޭގެ ޓީމްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ސާރވޭއަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެމްއެމްއޭ އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް މިފަދަ ސާރވޭއެއް ކުރިއަށް ގެންގޮސްފައެވެ. އެމްއެމްއޭ އިން 2016 ވަނަ އަހަރު ކޮށްފައިވާ ސާރވޭގައިވާ ގޮތުން ދަތުރުކުރި 51 ޕަސެންޓް މީހުން ބޭރުގެ ގައުމުތަކަށް ގޮސްފައި ވަނީ ބޭސްފަރުވާއަށެވެ.

 

- ކޮމެންޓް