ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 07:36
ލ. މާވަށު ސްކޫލްގައި ބިންގާ ޕްރޮގްރާމް ކުރިއަށް ދަނީ
ލ. މާވަށު ސްކޫލްގައި ބިންގާ ޕްރޮގްރާމް ކުރިއަށް ދަނީ
ޕޮލިސް
ތައުލީމާއި ތަމްރީން
ބިންގާގެ ނަމުގައި ސިލްސިލާ ޕްރޮގްރާމެއް ލ. މާވަށު ސްކޫލްގައި ފަށައިފި
ރިވެތި އަޚްލާގް ދަސް ކޮށްދޭނެ
ޕްރޮގްރާމް ކުރިއަށް ގެންދަނީ ފުލުހުންނާ ގުޅިގެން

ލ. މާވަށު ސްކޫލާއި މާވަށު ޕޮލިސް ސްޓޭޝަން ގުޅިގެން "ބިންގާ" ގެ ނަމުގައި ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ.

ދަރިވަރުންގެ ކިބައިގައި ރިވެތި އަޚްލާގް އަށަގަންނަވައި ކުދިން އަހުލުވެރި ކުރުވުމަށް އާދީއްތަ ދުވަހު ފެށި ޕްރޮގްރާމްގައި، ”ފްރެންޑްލީ ޕޮލިސް” ތީމްގެ ދަށުން، ރަޙުމަތްތެރިކަމާއި ގާތްގުޅުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން މާވަށު ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާވަށު ސްކޫލްގެ އެދުމުގެ މަތިން ކޮންމެ މަހަކު ވަކި ތީމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ މާވަށު ޕޮލިސް ސްޓޭޝަންގެ ފުލުހުންނެވެ. މުޖުތަމައުއާ ގުޅޭ ތަފާތު ކަންކަމުގައި ފުލުހުން ގެންދަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންންނެވެ. އެގޮތުން ރަށްރަށުގައި ފަތަން ދަސްކޮށްދިނުމާއި ސެލްފް ޑިފެންސް ޕްރޮގްރާމްތަކާއި އަހްލާގާ ގުޅޭ ގިނަ ޕްރޮގްރާމްތަކެއް މިހާރު ވެސް ހިންގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް