ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 07:32
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި ޑރ. އަބްދުﷲ މައުސޫމް (ވ) ބައިވެރިވަޑައިގަންނަވަނީ
ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި ޑރ. އަބްދުﷲ މައުސޫމް (ވ) ބައިވެރިވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ ރޭސް 2018
އިންތިހާބު ކާމިޔާބުކޮށް، އޮމާން ސަރުކާރެއް ޤާއިމްކުރުމަށް ޕާޓީތަކުގެ ލީޑަރުންގެ މެދުގައިވާ އެއްބައިވަންތަކަން ވަރަށް މުހިންމު: ޑރ. މައުސޫމް
އެކުގައި ގޮސް، ފަސޭހަކަމާ އެކު ރައީސް އަބްދުﷲ ޔާމީން ބަލިކުރާނަން

އިންތިހާބު ކާމިޔާބުކޮށް، އޮމާން ސަރުކާރެއް ޤާއިމްކުރުމަށް ޕާޓީތަކުގެ ލީޑަރުންގެ މެދުގައިވާ އެއްބައިވަންތަކަން ވަރަށް މުހިންމު ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. 

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި މައުސޫމް އެފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. 

މައުސޫމް ވިދާޅުވީ، އިންތިހާބު ކާމިޔާބުކޮށް، އޮމާން ސަރުކާރެއް ޤާއިމްކުރުމަށް ޕާޓީތަކުގެ ލީޑަރުންނާއި، މެމްބަރުންގެ މެދުގައިވާ އެއްބައިވަންތަކަން ވަރަށް މުހިންމު ކަމަށެވެ. އަދި އެކުގައި ގޮސް، ފަސޭހަކަމާ އެކު ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވާނެ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ. 

 

އޮމާން ސަރުކާރެއް ޤާއިމްކުރުމަށް ޕާޓީތަކުގެ ލީޑަރުންގެ މެދުގައިވާ އެއްބައިވަންތަކަން ވަރަށް މުހިންމު ކަމަށް ޑރ. މައުސޫމް ވިދާޅުވިއިރު، ޑރ. މައުސޫމަކީ ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި އެއް ބޭފުޅަކަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެން މަޤާމަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅާއެވެ. 

ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރޭއިރު، ރަނިންމޭޓްގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ސްލޮޓްދީފައި ވަނީ ޖުމްހޫރީ ޕާޓީއަށެވެ. ކެލާ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަދި ކުރިން ޑީއާރުޕީގެ އިސް މަގާމުތަކާއި ވަޒީރުކަން ވެސް ކުރެއްވި ޑރ. މައުސޫމަކީ ވެސް ރަނިންމޭޓް ކަމަށް ޖުމްހޫރީ ޕާޓީން އިންތިހާބްކޮށްފާނެ ކަމަށް ބެލެވޭ ބޭފުޅެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 ޖުލައި 2018 | ހޯމަ 05:26
މޯޑު
ޑރ. މައުސޫމަކީ ތަޖުރިބާހުރި ޤާބިލް ބޭފުޅެއް. ގުޅިގެން މަސައްކަތްކުރަން ދަންނަ ބޭފުޅެއް. މިސަރުކާރު ބަލިކުރުމައްޓަކާ އިބޫ އާއެކު މަސައްކަތްކުރަން ރަނިންމޭޓަކަށް އެންމެ ކަމުދާ ބޭފުޅާ. އިރާދަކުރެއްވިޔާ ޔާމީން ބޮޑުތަނުން ބަލިކުރާނަން އަދި މިސަރުކާރުން ހިންގާފައިހުރި ޖަރީމާތައް ތަހުގީގް ކުރާނަން.