ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 00:31
އިބޫ ކެނޑިޑޭޓަކަށް އިންތިހާބުވުމުން ކޮންގްރެސް މަންދޫބުން މަރުޙަބާ ދަންނަވަނީ
އިބޫ ކެނޑިޑޭޓަކަށް އިންތިހާބުވުމުން ކޮންގްރެސް މަންދޫބުން މަރުޙަބާ ދަންނަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ކެންޑިޑޭޓަކަށް އިބޫ ކަނޑައެޅުމުން އެމްޑީޕީން މަރުޙަބާ ދަންނަވައިފި
ކޮންގްރެސްގެ ތެރެއިން ރިޔާސީ ކެންޑިޑޭޓަކު އިންތިހާބު ކުރީ އެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުގެ ސަބަބުން
އިބޫގެ ނަން ހުށަހެޅުއްވީ ރައީސް ނަޝީދު ކެމްޕެއިން މެނޭޖަރު އަސްލަމް
އިބްރާހިމް މުހައްމަދު ސޯލިހްއަށް އެމްޑީޕީގެ މެމްބަރުންގެ ބޮޑު ތާއީދެއް އޮތްކަން ވަނީ ހާމަވެފައި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިބްރާހިމް މުޙައްމަދު ޞޯލިޙް ކަނޑައެޅުމާ ގުޅިގެން، އެ ޕާރޓީން އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ކަނޑައަޅާފައިވަނީ ހޮނިހިރު ދުވަހު އއ.އުކުޅަހުގައި ބޭއްވި އެޕާރޓީގެ 3 ވަނަ ކޮންގްރެސް ގައި، 791 މެމްބަރުންގެ ވޯޓު ލިބި ޢިއްތިފާޤުންނެވެ.

އެމްޑީޕީގެ ޕާރލަމެންޓަރީ ގްރޫޕްގެ ލީޑަރުކަމާއި ޖޮއިންޓް ޕާރލަމެންޓަރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ އިބްރާހިމް މުޙައްމަދު ޞާލިހާ އެކު އެ ޕާޓީގެ އެންމެހައި މެމްބަރުންނާއި ގުޅިފައިވާ ސިޔާސީ ޕާރޓީތަކުން އެކުގައި މަސައްކަތްކޮށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، މިހާރު މިއޮތް ސަރުކާރު ބަލިކުރެވޭނޭ ކަމާމެދު ޝައްކެއް ނެތް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިބްރާހިމް މުޙައްމަދު ޞާލިޙުގެ ނަންފުޅު ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކަނޑައެޅުމަށް ކޮންގްރެސް އަށް ޤަރާރު ހުށަހެޅިފައިވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއް ނެތިދާނޭ ކަމުގެ ކަންބޮޑުވުމަށް އިޖާބަދެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެ،  ޕާރޓީގެ ރިޔާސީ ޕްރައިމެރީގައި 43,922 ވޯޓުން ހޮވާފައިވާ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދު، ކެންޑިޑެސީ ދޫކޮށްލެއްވުމަށް ނިންމެވުމާގުޅިގެންނެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމަށް ހުޅުވާލާ ހަމައިން ވެސް ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ، އެ ޕާރޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ އެ ޕާރޓީގެ ރިޔާސީ ޕްރައިމެރީން ހޮވިވަޑައިގެން ހުންނެވި ރައީސް މުޙައްމަދު ނަޝީދުކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް