ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 15:59
ރޭ އަތުލައިގަނެފައިވާ މަސްތުވާތަކެތި
ރޭ އަތުލައިގަނެފައިވާ މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
ވިލިމާލެ ގެސްޓްހައުސެއްގައި މަސްތުވާތަކެތި ބޭނުންކުރަން ތިބި އަށް މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުން ކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި އެ މީހުންތިބި ކޮޓަރިން ފެނިފައިވާކަމަށް ފުލުހުން ބުނޭ
މިމަހުގެ 29 ވަނަ ދުވަހުގެރޭ ވެސް ފުލުހުން ވަނީ ތިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައި

ވިލިމާލެ ގެސްޓް ހައުސްއެއްގައި މަސްތުވާތަކެތި ބޭނުން ކުރަންތިބި 8 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ވިލިމާލެ ގެސްޓްހައުސްއެއްގައި މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކަށް، ވިލިމާލެ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، އާދީއްތަ ދުވަހުގެ 1:30 ހާއިރު ހިންގި މިއޮޕަރޭޝަންގައި، ގޭގެ ވެރިފަރާތުގެ ހުއްދައާއިއެކު ގެސްޓު ހައުސްއަށް ވަދެ ހައްޔަރު ކޮށްފައިވަނީ 18 އަހަރުން ދަށުގެ ދެ ކުދިންނާއި، 18 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހަކާއި، 21 އަހަރުގެ ދެމީހަކާއި، 23  އަހަރުގެ  މީހަކާއި އަދި 24 އަހަރުގެ މީހެއް ކަމަށެވެ. މަސްތުވާތަކެތި ބޭނުން ކުރަންތިބި މި 8 މީހުން ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 4 ސެލޯފިން ކޮޅާއި މަސްތުވާތަކެތި ބޭނުން ކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި މިމީހުން ތިބި ކޮޓަރިން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ވެސް ފުލުހުން ވަނީ ތިން މީހަކު ވިލިމާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައެވެ.  

މިމަހުގެ 29 ވަނަ ދުވަހު ވިލިމާލެއިން އަތުލައިގަތް މަސްތުވާތަކެތި

އެރޭ ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނަކާއި އަދި 34 އަހަރުގެ ފިރިހެނެކެވެ. ވިލިމާލެއިން މި ތިން މީހުން ހައްޔަރުކޮށް ބަލައިފާސް ކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 52 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 4 ސެލޯފިންކޮޅު މި ތިން މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 5 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް