ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 18:34
އިލެކްޝަންސް ކޮމިޝަން: ލިސްޓް އިސްލާހްކުރުމަށްފަހު ވަނީ ޢާއްމުކޮށްފައި
އިލެކްޝަންސް ކޮމިޝަން: ލިސްޓް އިސްލާހްކުރުމަށްފަހު ވަނީ ޢާއްމުކޮށްފައި
ގޫގުލް
ވޯޓަރސް ލިސްޓު
ވޯޓަރސް ލިސްޓް އިސްލާހުކޮށް ޢާއްމުކޮށްފި
އާންމުކުރި ލިސްޓަށް ވެސް، ހޯމަދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅޭނެ
18 އަހަރު ނުފުރޭތީ 734 ނަމެއް ވަނީ އުނިކޮށްފައި

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތައް އިސްލާހުކޮށް އާ ލިސްޓް އާދީއްތަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާއްމުކޮށްފިއެވެ.

އެލިސްޓްގައި ބުނެފައިވާ ގޮތުގައި ކުރީގެ ލިސްޓްގައި ނަން ނެތިގެން ހުށަހެޅި ޝަކުވާއާ ގުޅިގެން 4 މީހެއްގެ ނަން ވަނީ ލިސްޓަށް އިތުރުކޮށްފައެވެ. އެޑްރެސް ބަދަލުވެގެން 152 މީހެއްގެ މައުލޫމާތު އިސްލާހުގައި ވެއެވެ. އަދި ނިޔާވެފައިވާ މީހުންގެ ގޮތުގައި ހުށަހެޅުނު ޝަކުވާއަށް ބަލައި 310 މީހެއްގެ ނަން އުނިކޮށްފައިވާކަމަށް ގެޒެޓްގައިވެއެވެ. މީގެއިތުރުން އުފަން ތާރީޚް ބަދަލުވެފައިވާ 2 މީހެއްގެ މައުލޫމާތުވެސް ވަނީ އިސްލާހް ކޮށްފައެވެ.

ލިސްޓްގައިވާގޮތުން ލިސްޓްގައި ޖިންސް ބަދަލުވެފައިވާތީ އިސްލާހްކޮށްފައިވާ 3 މީހަކާއި ފުރިހަމަނަން ބަދަލުވެފައިވާތީ 49 މީހަކާއި، 18 އަހަރު ނުފުރޭތީ އުނިކޮށްފައިވާ 734 މީހެއްގެ މައުލޫމާތުވެސް ވަނީ ޢާއްމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެފައިވަނީ އާދީއްތަ ދުވަހު އާންމުކުރި ލިސްޓަށް ވެސް، ހޯމަދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް