ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 17:16
މަސްދޯންޏެއް ގިނަ އަދަދެއްގެ މަސްބާނައިގެން ދުއްވާފައި ދަނީ:- އެމްޑީޕީން ވަނީ މަސްވެރިކަމާ ގުޅޭ ވައުދުތައް ހާމަކޮށްފައި
މަސްދޯންޏެއް ގިނަ އަދަދެއްގެ މަސްބާނައިގެން ދުއްވާފައި ދަނީ:- އެމްޑީޕީން ވަނީ މަސްވެރިކަމާ ގުޅޭ ވައުދުތައް ހާމަކޮށްފައި
އަހުމަދު މުހުސިނު
އެމްޑީޕީގެ ވައުދު
އެމްޑީޕީގެ ރިޔާސީ ވައުދު: މަސް ގަންނަ ބޭރު ބޯޓު ފަހަރަށް ރާއްޖެއަށް އައުމަށް ހުއްދަ ދީ، މެދުވެރިއެއް ނެތި މަސްވިއްކޭނެ
ދިވެހި މަސްދޯނިފަހަރަށް ރާއްޖެއިން ބޭރަށް ގޮސް މަސްވިއްކޭނެ އިންތިޒާމް ހަމަ ޖައްސަދޭނެ
އައިސް ހޯދަން ކިޔުން ހަދަން ޖެހުން ނިމުކަށް ގެންނާނަން

ދިވެހި މަސްވެރިން ބާނާ މަސް ގަންނަން ބޭނުންވާ ބޭރުގެ މަސްކިރާ ބޯޓުފަހަރު ރާއްޖެ އައުމަށް ހުއްދަ ދީ، މެދުވެރިއެއް ނެތި ބޭރުގެ މަސްގަންނަ ފަރާތްތަކަށް މަސް ވިއްކޭނެ މަގު އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި ހުޅުވާލާނެ ކަމަށް އެ ޕާޓީން ވައުދުވެއްޖެ އެވެ.

އެމްޑީޕީން ހާމަކުރި އެ ޕާޓީގެ މެނިފެސްޓޯގައި ބުނެފައި ވަނީ މަސްގަންނަން ބޭނުންވާ ބޭރުގެ ބޯޓުފަހަރުތަކަށް ރާއްޖެ އައިސް މަސް ގަނެވޭނެ އިންތިޒާމް ހަމަ ޖައްސާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސްބޯޓްތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ހުއްޓާލާނެ ކަމަށެވެ.

އެމްޑީޕީގެ ވައުދުތައް ލިޔެފައި "ވައުދު ނާމާ" ފޮތުގައި ބުނެފައިވަނީ ރަސްއައިނުތަކުން ވަތް ފުރާ ބާނާ މަސްކޮޅު ކިރާން އައިނު ދޫކޮށްލާފައި މާދުރަށް ދުއްވާފައި ގޮސް އަތްއުރަލައިގެން ޖާގަ ކުޑަ މަސްފެކްޓްރީ ބޭރުގައި ކިޔު ހަދައިގެން ތިބެން ޖެހުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އަދި މަސްވެރިކަން ތިޔާގިވުމާއެކު ބޭނި މަހުގެ އެއްބައި އުކާލާން ނުޖެހޭ ގޮތައް މަސްވެރިން ބޭނި މަސް ދިވެހި މަސްދޯނި ފަހަރުގައި ސީދާ ބޭރުގެ މާކެޓަށް ވިއްކޭނެ އިންތިޒާމް ވެސް އެމްޑީޕީގެ ސަރުކާރުގައި ގާއިމުކުރެވޭނެ ވައުދުވެފައިވެ އެވެ.

ދިވެހި މަސްވެރިންތަކެއް ދޯންޏެއްގައި މަސްކިރަނީ:- އެމްޑީޕީން ވަނީ މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދާދޭނެ ކަމަށް ވައުުދުވެފައި 

  އޭގެ އިތުރުން ތެލާއި އައިސް އަދި އެހެން ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވާން ނުޖެހޭނެ އިންތިޒާމް ހަމަ ޖައްސާނެ ކަމަށާއި ރާއްޖޭގެ މުޅި އިގުތިސާދު ސަރައްދު ބޭނުން ކުރެވޭނެ މަގު މަސްވެރިނަށް ފަހުކޮށްދޭނެ ކަމަށް އެ ޕާޓީން ވައުދު ވެފައިވެ އެވެ. އެމްޑީޕީގެ ވައުދު ފޮތުގައި ބުނެފައިވަނީ އެ ޕާޓީން ދެކޭ ގޮތުގައި ދިވެހި އިގުތިސާދުގެ ރޫފަހެޔޮވަރު ކުރުމަށް މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ މިހާރަށް ވުރެ މާ ބޮޑު ކުރެވިދާނެ ކަމަށެވެ. އަދި މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބޭ އަގު ދިވެހިންނަށް ހޯދަ ދެވޭނެ ކަމަށް އެ ޕާޓީން ދެކޭ ކަމަށް، މަސްވެރިކަމުގެ ސިނާއަތާ ގުޅޭ ގޮތުން އެ ޕާޓީން ދެކޭ ގޮތް ހާމަކޮށް އެ ފޮތުގައި ލިޔެފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
1 ޖުލައި 2018 | އާދީއްތަ 17:05
Moosa
Saabs MDP Aharamen masverige Ihusaan igeybayakee tee