ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 17:18
އައްޑޫގައި ޓްރެފިކް ފުލުހުން ހަރަކާތްތެރި ވަނީ
އައްޑޫގައި ޓްރެފިކް ފުލުހުން ހަރަކާތްތެރި ވަނީ
ޕޮލިސް
އައްޑޫ ސިޓީގެ ޓްރެފިކް
އައްޑޫގައި ގަވާއިދާ ޚިލާފުވެގެން 17 ފަރާތަކާއި މެދު ފިޔަވަޅުއަޅައިފި
މިއޮޕަރޭޝަންގައި، 116 އުޅަނދު ބަލައިފާސްކޮށްފައިވޭ
މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 17 އިން 30އަށް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެއްގައި 116 އުޅަނދު ބަލައި ފާސްކޮށް ގަވައިދާއި ޚިލާފުވެގެން 17 ފަރާތަކާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް  ބަލައިފައިވާ މިއޮޕަރޭޝަންގައި، 116 އުޅަނދު ބަލައިފާސްކޮށް، ޤަވާއިދާ ޚިލާފުވެގެން 17 ފަރާތަކާއި މެދު ފިޔަވަޅުއަޅައި ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

ސ. ހިތަދޫ ޕޮލިސް ސްޓޭޝަނާއި، ސ. ގަން ޕޮލިސް ސްޓޭޝަނާއި، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން، ޖޫން 17ން ޖޫން 30ށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މިޓްރެފިކް އޮޕަރޭޝަންތަކަކީ، އައްޑޫސިޓީގައި ދުއްވާ  އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި،  އައްޑޫސިޓީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ބުނެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ސިލްސިލާކޮށް ފުލުހުން ދަނީ ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް