ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 16:58
ރާއްޖޭގެ ރަށެއްގެ މިސްކިތެއް:- އެމްޑީޕީން ވަނީ މިސްކިތްތަކުގައި ރިސާރޗް ސެންޓަރު ގާއިމުކުރާނެ ކަމަށް ވައުދުވެފައި
ރާއްޖޭގެ ރަށެއްގެ މިސްކިތެއް:- އެމްޑީޕީން ވަނީ މިސްކިތްތަކުގައި ރިސާރޗް ސެންޓަރު ގާއިމުކުރާނެ ކަމަށް ވައުދުވެފައި
ގޫގުލް
އެމްޑީޕީގެ ވައުދު
އެމްޑީޕީގެ ވައުދު: މިސްކިތްތަކުގައި އިސްލާމިކް ސެންޓަރުތައް ގާއިމުކުރާނަން، ކޮންމެ ރަށެއްގައި ހިނާވާގެ އަޅާނަން
މިސްކިތްތައް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލު ކުރެވޭނެ
ދީނީ އަދި އިޖްތިމާއީ ހަރަކާތްތައް މިސްކިތްތަކުގައި ބޭއްވޭނެ އިންތިޒާމް ހަމަ ޖައްސަދެވޭނެ

ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އިސްލާމިކް ރިސާރޗް ތައާރަފުކޮށް "ޖަޒީރާ އިސްލާމިކް ސެންޓަރުތަކެއް" ރަށްރަށުގެ މިސްކިތްތަކުގައި ގާއިމު ކުރާނެ ކަމަށް އެ ޕާޓީން ވައުދުވެއްޖެ އެވެ.

އެމްޑީޕީން ނެރުނު "ވައުދު ނާމާ" ފޮތުގައިވަނީ މިސްކިތްތަކުގައި ގާއިމުކުރާ އިސްލާމިކް ރިސާރޗް ސެންޓަރުތަކުގައި ކޮމިއުނިޓީ ލައިބްރަރީތައް އުފައްދާނެ ކަމަށެވެ. އެ ސެންޓަރުތައް ބައްޓަން ކުރާނީ އިޖްތިމާއީ އަދި ތައުލީމީ ކަންކަން ކަމަށް ބޭނުން ކުރެވޭނެ ގޮތައް ކަމަށާއި އަދި އެތަން ހިންގާ ތަރައްގީ ކުރެވޭނެ އިންތިޒާމްތައް ވެސް ފަހިކޮށްދެވޭނެ ކަމަށް އެ އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވެ އެވެ.

މިސްކިތުގައި މީހަކު ގުރާން ކިޔަވަނީ:- މިސްކިތްތަކުގައި އިސްލާމިކް ރިސާޗް ސެންޓަރުތަކެއް ގާއިމުކުރާނެ ކަމަށް އެމްޑީޕީން ވަނީ ވައުދުވެފައި 

މީގެ އިތުރުން ކޮންމެ ރަށެއްގައި ޖަޒީރާ ހިނަވާގެ އާއި ރާއްޖޭގެ ދެކުނާއި އުތުރުގައި މޯޗަރީތަކެއް ބިނާކުރާނެ ކަމަށް ވެސް އެ ޕާޓީން ވައުދު ވެފައިވެ އެވެ. އަދި ކައުންސިލްތަކުގެ ބެލުމުގެ ދަށުން އެތަން ތަނުގެ ބެލެހެއްޓުން ހަރުދަނާ ކުރެވޭނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ދިރިވުމުގެ ސިޔާސަތުގެ ދަށުން އެމްޑީޕީން ވައުދުވެފައި ވަނީ ކޮންމެ މިސްކިތެއްގައި ވެސް އެތަންތަނުގެ ގަދަރު ނުގެއްލޭނެ ފަދަ ތައުލީމީ އަދި އިޖްތިމާއީ ހަރަކާތްތައް ހިންގަން ޖާގަ ލިބޭނެ ގޮތައް ކަނޑައަޅައި، މައި ސަރުކާރުގެ ދަށުން އެތަން ތަން ނެގި ކައުންސިލްތަކުގެ ބެލުމުގެ ދަށަށް އެތަންތަން ބަދަލު ކުރާނެ ކަމަށެވެ. އަދި އެހެންމެ މިސްކިތްތަކުގެ މުދިމުންނާއި މިތަން ތަންތަނުގެ މުވައްޒަފުންގެ މުސާރަތަކާއި މިސްކިތް މަރާމާތުކޮށް ބެލެހެއްޓުމުގެ ހަރަދާއި މިސްކިތްތައް ބިނާ ކުރުމުގެ ބަޖެޓާއި މަސަކަތްތައް ވެސް ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކުރާނެ ކަމަށްވެސް މި ވައުދު ފޮތުގައިވެ އެވެ.

ރާއްޖޭގައި އެންމެ ދުވަސްވީ މިސްކިތް، ހުކުރު މިސްކިތް:- އެމްޑީޕީން ވަނީ އަސާރީ ތަންތަން ހިމާޔަތްކުރާނެ ކަމަށް ވައުދުވެފައި

ކައުންސިލްތަކުން އާސާރީތަންތަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ ކަނޑައެޅި ހަރުދަނާ އުސޫލަކުން އަސާރުތައް ބެލެހެއްޓޭނެ ކަމަށްވެސް ވައުދު ފޮތުގައިވެ އެވެ. އަދި ކޮންމެ ރަށެއްގައި ތާރީހާއި އަދާކާދަ އެއްކުރެވެން ފެށޭނެ ކަމަށްވެސް ބުނެފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް