ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 16:51
ފިޝަރީޒް މިނިސްޓަރ ޝައިނީ
ފިޝަރީޒް މިނިސްޓަރ ޝައިނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އިބޫއަށް ޓިކެޓް ދިނުމަކީ ސިޔާސީ ހަމަޖެހުމާއި ދިމާއަށް އެޅުނު ފިޔަވަޅެއް: ޝައިނީ
އިބޫއަކީ ޤާނޫނު އަސާސީގައި ބުނާ ޝަރުތުުތައް ފުރިހަމަވާ ބޭފުޅެއް
އިޚްލާސްތެރި ކެމްޕޭނެއް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި
އިބޫވެސް ކެމްޕޭން ކުރައްވާނީ 'ޖަޒީރާ ރާއްޖެ' ކެމްޕޭން ޕްލެޓްފޯމްގައި

އެމްޑީޕީގެ ކޮންގްރެސްއިން ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް ނިންމުމަކީ ސިޔާސީ ހަމަޖެހުމާއި ދިމާއަށް އެޅި ރަނގަޅު ފިޔަވަޅެއްކަަމަށާއި، އިބޫއަކީ ޤާނޫނު އަސާސީގައި ބުނާ ޝަރުތުުތައް ފުރިހަމަވާ ބޭފުޅެއްކަމަށް ރައީސް ޔާމީންގެ އަރިސް ވަޒީރެއްކަމަށްވާ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝަރުތުތައް ފުރިހަމަނުވާކަމަށް ވިދާޅުވެ، ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދޭނެކަމަށް ފެނިވަޑައިގަތުމުން، އެމަނިކުފާނު ވަނީ ރިޔާސީ ޓިކެޓް ދޫކޮށްލައްވާފައެވެ. އަދި އެއާއިއެކު އެމްޑީޕީގެ އަސާސީ ޤަވާޢީދު އިސްލާހުކޮށް، އއ. އުކުޅަހުގައި ހޮނިހިރު ދުވަހު ބޭއްވި އެޕާޓީގެ 3 ވަނަ ކޮންގްރެސްގައިވަނީ އިބޫއަށް ރިޔާސީ ޓިކެޓް ދީފައެވެ.

އިބޫއަށް ޓިކެޓް ދިނުމާއި ގުޅިގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ޝައިނީ ވިދާޅުވީ މިހާ ހިސާބުން އިޚްލާސްތެރި ކެމްޕޭނެއް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. ކެމްޕޭން ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށް ޝައިނީ ވިދާޅުވިިރު، 'ޖަޒީރާ ރާއްޖެ'ގެ ނަމުގައި އެމްޑީޕީއިން ކުރި ކެމްޕޭނަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ. 

ނިމިދިޔަ ހަފްތާގައި އެމްޑީޕީއިން ކުރި ކެމްޕޭންގައި ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތްތަކެއް ހިންގިއިރު، ފުލުހުން ވަނީ އެތަނަށް ގޮސް، ޕޯސްޓަރތައް ނައްޓާލައި، މީހުންގެ އަތުގައި ހުރި ޕޯސްޓަރތައް ޖަހައިގެންފައެވެ. އަދި ބައެއް މީހުން ހައްޔަރުވެސް ކުރިއެވެ. އިބޫއަށް ކެންޑިޑެސީ އެމްޑީޕީއިން ހަވާލުކުރިއިރު، އިބޫވެސް ކެމްޕޭން ކުރައްވާނީ 'ޖަޒީރާ ރާއްޖެ' ކެމްޕޭން ޕްލެޓްފޯމްގައެވެ. އަދި ފުލުހުން ހުއްޓުވާފައިވާ ކެމްޕޭން ޕޯސްޓަރުތައް ހަރުކުރުމުގެ ހަރަކާތުގައި ތަތްކޮށްފައިވާ ޕޯސްޓަރުތަކުގައި ރައީސް ނަޝީދުގެ ނަންފުޅެއް ނުވަތަ ފޮޓޯފުޅެއްވެސް ނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް