ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 13:40
ދެއްވަދޫއަކީ އެމްޑީޕީ މެޖޯރިޓީ އޮންނަ ރަށެއް
ދެއްވަދޫއަކީ އެމްޑީޕީ މެޖޯރިޓީ އޮންނަ ރަށެއް
ފޭސްބުކް
ދެއްވަދޫ އެއަރޕޯޓް
ދެއްވަދޫގައި ފްލޯޓިން އެއަރޕޯޓެއް އަޅައިދޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް: ކައުންސިލް
ގދ އާއި ގއ ގެ މެދުގައި އެރަށް އޮންނާތީ ފްލޯޓިން އެއަރޕޯޓެއް ވަރަށް މުހިންމު
ފްލޯޓިންގ އެއަރޕޯޓާއި ބެހޭ ގޮތުން ހައުސިންގ މިނިސްޓްރީއާއި، ރައީސް އޮފީހުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވޭ
ދެއްވަދޫއިން ދަތުރުކުރުމަށް ބޮޑު ހަރަދެއް ކުރަންޖެހޭ

ގއ. ދެއްވަދޫ ރައްޔިތުން ފްލޯޓިންގ އެއަރޕޯޓަކަށް އުންމީދުކުރި ނަމަވެސް ރައީސް ޔާމިންގެ ސަރުކާރުން އެކަން ކޮށްދޭނެ ކަމުގެ އެއްވެސް އުއްދީމެއް ނެތް ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ތައުފީގު ވިދާޅުވީ ހުވަދު އަތޮޅުގެ މެދުގައި އެރަށް އޮންނާތީ ފްލޯޓިންގ އެއަރޕޯޓެއް އެރަށަށް ވަރަށް މުހިއްމު ކަމަށެވެ. ކައުންސިލުން މިއެއާޕޯޓު ބޭނުންވެގެން ގަރާރެއް ފާސްކޮށް ސަރުކާރަށް ހުށަހެޅީ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ތައުފީގު ވިދާޅުވި އެވެ.

ތައުފީގު ވިދާޅުވީ ފްލޯޓިންގ އެއަރޕޯޓުގެ އެޅުމަށް ބޭނުންވާތީ ފާސްކުރި ގަރާރު ހައުސިންގ މިނިސްޓްރީއާއި، ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި، 6 މަސް ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު ސަރުކާރުގެ ފަރާތުން ޖަވާބެއްދީފައި ނުވާ ކަމަށެވެ.

"ކައުންސިލުން މަސައްކަތް ކުރަން މިކަމާ ބެހޭ ގޮތުން ޖަވާބު ހޯދަން. ހައުސިންގ މިނިސްޓްރީއަށް ވެސް ގުޅަން. އެކަމަކު ކުރާ މަސައްކަތް ބޭކާރު ވަނީ. ދެން މިހާރު އެއްވެސް އުންމީދެއް ނެތް،" ތައުފީގު ވިދާޅުވި އެވެ.

ތައުފީގު ވިދާޅުވީ މިސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ބޮޑެތި ލޯނުތައް ނަގައިގެން މާލޭގައި އެކަނި ކަމަށާއި، އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި މިސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. ދެއްވަދޫއިން އެހެން ރަށަކަށް ނުވަތަ މާލެއަށް އައުމަށް ބޮޑު ހޭދައެއްދައެއް ކުރަންޖެހޭކަން ފާހަގަކުރައްވައި ތައުފީގު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުން ނުވަތަ ކޫއްޑޫ އެއާޕޯޓުން ދެއްވަދޫއަށް ކުރާ ލޯންޗު ދަތުރަކަށް 7500 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

"އެކަކު ލޯންޗުގަ އަޔަސް ގާތްގަނޑަކަށް އެހާވަރު ދައްކަންޖެހޭ. އެއީ ދަތުރަކަށް ދައްކަން ޖެހޭވަރު. ބައެއް ފަހަރު ގުރޫޕު ހަދާފަ އަންނާނެ. އޭރުން ދެން އަތުންދާ ހަރަދު މަދުވާނެ. އެކަމަކު އެކަކު އެކަނި އަންނަން ޖެހުނަސް އެހާވަރު ދައްކަން ޖެހޭ. މިއީ ރައްޔިތުންގެ އަތުން ދާ ވަރަށް ބޮޑު ހަރަދެއް. އެކަމާ ރައްޔިތުން ވަރަށް ކަންބޮޑުވޭ" ތައުފީގު ވިދާޅުވި އެވެ.

ތައުފީގު ވިދާޅުވީ ފްލޯޓިންގ އެއާޕޯޓުގެ މަޝްރޫއާ ބެހޭ ގޮތުން ސަރުކާރުން އޮތީ ހިމޭނުން ކަމަށާއި، މިކަމުގެ ޝައުވާ ރައްޔިތުން ވަރަށް ގިނައިން ކުރާ ކަމަށެވެ.

ފްލޯޓިންގ އެއާޕޯޓުގެ ސަބަބުން ފަތުރުވެރިކަން ވެސް ކުރިއަރާނެކަން ފާހަގަކުރައްވައި ތައުފީގު ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަން ނިމި އެހެން ވެރިކަމެއްގައި ދެއްވަދޫ ފަޅު ތެރޭގައި ފްލޯޓިންގ އެއާޕޯޓެއް އަޅައިދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އެމްޑީޕީ މެޖޯރިޓީ އޮންނަ ދެއްވަދޫއަކީ 1500 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
1 ޖުލައި 2018 | އާދީއްތަ 11:50
ހާޖީ
ރަށުގައި އުޅެނީ 300 އެއްހާ މީހުން ، ކޮން ދޮގުތަކެއްހަދާކަށް އެރަށުގެ ދުއްވީ މަސްދޯނިފަހަރުތައްވެސް މީހުން ނެތިގެން ވިއްކާ ހުސްކުރަނީ
1 ޖުލައި 2018 | އާދީއްތަ 10:52
މުހުންމާ ހުތާ
މޮޔަކަމުން އުޅެނީ؛ ސަރުކާރައް ޖެއްސުން ކުރަން.މަވެސްމީ ދެއްވަދޫ މީހެއް..ކައުންސިލައް ފާޑު ކިޔަނީ....