ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 13:47
މެމްބަރު މަހުލޫފު އެއްވުމެއްގެ ތެރޭގައި
މެމްބަރު މަހުލޫފު އެއްވުމެއްގެ ތެރޭގައި
ރާއްޖެއެމްވީ
މެމްބަރު މަހުލޫފު
ނިހާނަށް މަހުލޫފުގެ ރައްދު: ރައީސް ޔާމީނަށް 52 ޕަސެންޓް ލިބޭނަމަ، ނިކަން އަވަސް އިންތިހާބެއް ބާއްވަބަލަ!
ސެޕްޓެމްބަރު 23 ގައި ރިޔާސީ އިންތިހާބު އޮންނާނެތަ
ވޯޓު ކަރުދާސް ކޮޅުގައި އިބޫގެ ނަން އޮންނާނެތަ؟
ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނާ، ނަތީޖާ އިއުލާނު ކުރާނެތަ؟

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން 52 ޕަސެންޓްގެ ވޯޓުން ކާމިޔާބު ކުރައްވާނެ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫހް ހޫނު ރައްދެއް ދެއްވައިފި އެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް 52 ޕަސެންޓް ވޯޓް ޔަގީންވާނަމަ އަވަހަށް އިންތިހާބު ބާއްވަން ގޮވާލާ ކަމަށެވެ. 

މީގެއިތުރުން ސަރުކާރަށް ނިސްބަތްވާ އިސްބޭފުޅަކަށް ނިހާނު ވެވަޑައިގަންނަވާތީ މަހުލޫފް ވަނީ ނިހާނަށް ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބު މިހާރު ބޭއްވުމަށް ނިންމާފައިވާ މިއަހަރުގެ ސެޕްޓެމްބަރު މަހު 23 ގައި ރިޔާސީ އިންތިހާބު އޮންނާނެތޯ ނިހާނު އަރިހުން ޔަގީން ކޮށްލަން ބޭނުންވާ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންފުޅު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެތޯ ވެސް ނިހާނުގެ އަރިހުން ޔަގީންކޮށްލަން ބޭނުންވާ ކަމަށެވެ. 

މީގެ އިތުރުން މަހުލޫފް ވިދާޅުވީ ގާނޫނުއަސާސީގައި ބުނާގޮތަށް ވޯޓުލާ މަރުކަޒުގައި ވޯޓު ގުނާ، ނަތީޖާ އިއުލާން ކުރާނެތޯ ވެސް ނިހާނުގެ އަރިހުން ޔަގީން ކޮށްލަން ބޭނުން ކަމަށްވެސް މަހުލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

 

 

މަހުލޫފުގެ އެ ޓްވީޓާއި ގުޅިގެން ޓްވިޓަރ ބޭނުންކުރާ ބައެއް ފަރާތްތަކުން ކޮމެންޓް ކޮށްފައިވާއިރު، ނިހާނުގެ އެއްވެސް ކޮމެންޓެއް ނެތެވެ. އަދި އެ ކޮމެންޓްތަކުގައި ހުރީވެސް ނިހާނާ ދެކޮޅަށް ރައްދު ދީފަ އެވެ. 

މަހުލޫފު އެ ސުވާލުތައް ނިހާނަށް އަމާޒުކުރައްވާފައިވަނީ، ރައީސް ޔާމީނަށް 52 ޕަސެންޓް ވޯޓު ލިބޭނެ ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. 

ނިހާނު ވިދާޅުވެފައި ވަނީ ހިސާބު ޖަހާނެ ގޮތަކަށް ޖެހުމަށާއި ނެރޭނެ ވަރަކަށް ކެންޑިޑޭޓުންނާއި ރަނިންގ މޭޓުން ނެރުމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ދެން ތަރައްގީއަށް ނޫނީ އާނއެކޭ ނުބުނާނެ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބު ﷲ ގެ އިރާދަފުޅާ މިންވަރުފުޅާއެކު ރައީސް ޔާމީން 52 އިންސައްތައިން ކާމިޔާބު ކުރައްވާނެ ކަމަށެވެ. 

 

ސިޔާސީ ބައެއް ފަރާތްތަކުން ބުނާގޮތުގައި ނިހާނު ރައީސް ޔާމީންގެ ދިފާއުގައި އެވަރަށް ވާހަކަ ދައްކަވަމުން ގެންދަވަނީ ނިހާނުގެ އިތުބާރު ރައީސް ޔާމީނަށް ނެތުމުން އެ އިތުބާރު ހޯދުމަށާއި އަމިއްލަ ނަފްސު ދިފާއުކުރުމަށް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް