ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 07:13
ނިހާން ކުރީގެ ނައިބު ރައީސް އަދީބާއެކު: އޭރު އަދީބަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި
ނިހާން ކުރީގެ ނައިބު ރައީސް އަދީބާއެކު: އޭރު އަދީބަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި
ޓްވިޓަރ
ނިހާން
ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ 52 އިންސައްތައިން: ނިހާން
ދިވެހި ރައްޔިތުން ދެން ތަރައްގީއަށް ނޫނީ އާނއެކޭ ނުބުނާނެ
ރައީސް ޔާމީން ތަރައްޤީ ކުރި މަންޒަރު ދިވެހިން ލޮލުން ދެކި އަތުން ހިފާފައިވާނެ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު، 52 ޕަސެންޓުން ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިސާބު ޖަހާނެ ގޮތަކަށް ޖެހުމަށާއި ނެރޭނެ ވަރަކަށް ކެންޑިޑޭޓުންނާއި ރަނިންގ މޭޓުން ނެރުމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ދެން ތަރައްގީއަށް ނޫނީ އާނއެކޭ ނުބުނާނެ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބު ﷲ ގެ އިރާދަފުޅާ މިންވަރުފުޅާއެކު ރައީސް ޔާމީން 52 އިންސައްތައިން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އިދިކޮޅު އެމްޑީޕީއަށް 13 އަހަރު ފުރުމަށް އިޝާރާތް ކުރައްވާ ނިހާން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށް ޑިމޮކްރަސީގެ ނަމުގައި ފާއިތުވި 13 އަހަރު އެމްޑީޕީ އިން ގެނެސްދިނީ ގެއްލުމާއި ހަލާކު ކަމަށެވެ. ފާއިތު މިވާ ފަސް އަހަރު ދިވެހި ގައުމު ރައީސް ޔާމީން ތަރައްގީ ކުރި މަންޒަރު ދިވެހިން ލޮލުން ދެކި އަތުން ހިފާފައިވާނެ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

ރައީސް ޔާމީން ތަރައްޤީ ކުރި މަންޒަރު ދިވެހިން ލޮލުން ދެކި އަތުން ހިފާފައިވާނެ ކަމަށް ނިހާން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ އަދި ދުވަހަކުވެސް ރާއްޖެ ދަރަނިވެރި ނުވާ މިންވަރަށް ދަރަނިވެރިވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 ޖުލައި 2018 | އާދީއްތަ 07:16
ހޮއްހޯ
އައި މީން 5.2 ޕަރސަންޓް